twitterviber whatsapp telegramfacebookyoutube instagram
4th May 2025

ގަވް އެމްވީ އިިން އާންމުންނަށް މެސެޖުކުރުމުގެ ފުރުސަތު

Sep 21, 2021

ސަރުކާރުން އިފްތިތާހުކުރި ގަވް ޑޮޓް އެމްވީއަށް އާންމުންނަށް އޮންލައިންކޮށް މެސެޖުކުރެވޭނެހެން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އާންމުންނަށް އެ ފުރުސަތު ހުޅުވާލުމާއެކު ދައުލަތުގެ އިދާރާތަކުން އެ މެސެޖުތަކަށް ޖަވާބު ދިނުމުގައި އަަމަލުކުރަންވީ އުސޫލުތަކެއް ކަނޑައަޅާފައިވާކަމަށެވެ.

އެގޮތުން އޮންލައިންކޮށް ކުރާ މެސެޖަށް ވެސް އެ އިދާރާއަކުން ހަމަޖައްސާފައި އޮންނަ ވަކި މުއްދަތެއްގެ ތެރޭގައި ދިވެހި ބަހުން ޖަވާބު ދޭންވާނެކަމަށް ރައީސް އޮފީހުންވަނީ ބުނެފައެވެ.

މީގެ ކުރިން ރައީސް ވިދާޅުވެފައިވަނީ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކަށް ކޮންމެ ގަޑިއަކުވެސް ލިޔެކިޔުންތައް ފޮނުވޭނެ ކަމަށެވެ.

ގަވް ޑޮޓް އެމްވީ މެސެޖް ފަރުމާކޮށްފައި ވަނީ އެ ނިޒާމުގެ އެހީގައި ރައްޔިތުން އިދާރާތަކަށް ފޮނުވާ ލިޔެކިޔުންތަކުގެ މިންވަރު ވަގުތުން، ވަކިވަކިން ފެންނާނެ ޑޭޝްބޯޑަކާ އެއްކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355