twitterviber whatsapp telegramfacebookyoutube instagram
5th July 2025

ޔާމީންގެ ވެރިކަން ބަދަލުކުރަން އުޅެވުނީތީ ހިތާމަކުރަން: އަލީ ވަހީދު

ނަބީލާ އިސްމާޢީލް
Sep 21, 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތްކުރެވުނީތީ އެކަމާ ހިތާމަކުރައްވާކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ޔޫކޭގެ ޖަލުން މިނިވަންވުމާއެކު ރޭ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

އަލީ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމުގައި އޭނާގެ ބައިވެރިވުން ވެސް އޮތްކަމަށެވެ. ނަމަވެސް އެ ވެރިކަމުގައި ވެސް ގޯސްތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މި ވެރިކަން ގެނައުމަށް ކުރެވުނު މަސައްކަތްތަކާމެދު ހިތާމަ ކުރައްވާ ކަަމަށެވެ. އަދި ރަައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަަމަށެވެ. އޭނާ ވިދާޅުވީ ބުރަ މަަސައްކަތުން ގެނެވުނީ "ބޭއިންސާފު" ޝަރީއަތެއް ކަމަށެވެ. އަދި ހިދުމަތް ކުރެއްވީ އިހުލާސްތެރި ކަމާއެކު ކަމަށެވެ.

އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ކުށުގެ މައްސަލަ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ވިދާޅުވީ އެމައްސަލައަކީ އޭނާ މިނިސްޓަރުކަމުގެ މަގާމުން ދުރުކުރުމަށް ކުރި މަސައްކަތެއް ކަމަށާއި އޭނާ ފްރޭމްކޮށްގެން ހިންގާ ޖަރީމާއެއްގެ ގޮތުގައި އެކަން ސިފަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355