twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހއ އަތޮޅުން ލާމު އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މުޙައްމަދު އަހުމަދު
Sep 26, 2021

ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހއ އަތޮޅުން ލާމު އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.

މިއަދު ހެނދުނު 07:30 އިން މެންދުރު 11:30 އަށް ހއ އާއި ލާމު އަތޮޅާ ހިމެނޭ ސަރަހައްދަށް ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 25 މޭލާ 30 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކުރާ ކަމަށް އެއިދާރާއިން ބުނެފި އެވެ.

ވިލާގަނޑުގައި ވެސް 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކުރައްވާފަ އެވެ.

ކަނޑު ދަތުރުކުރާއިރު މޫސުމާ މެދު ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރައްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293