twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޗައިލްޑްހުޑް ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ދިރާގުން ކެމްޕޭނެއް

Sep 26, 2021

ކުޑަ ކުދިންނަށް ޖެހޭ ކެންސަރު ބައްޔާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ދިރާގާއި ގުޅިގެން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ދިރާގުން މީގެ ކުރިންވެސް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސާ އެވެއާނެސް ކެމްޕެއިން" ގައިވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި އެވެ.

މިހާރު ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ކަންތައްތަކަކީ ކޮބާ ކަމާއި، ބަލީގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި، ކެންސަރާ ގުޅިގެން ދިމާވާ ނަފްސާނީ ކަންތައްތަކާއި، ކެންސަރަށް ފަހު އަނބުރާ ސްކޫލަށާއި އަދި މުޖުތަމައަށް ކުދިން ނިކުންނާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

މި ކެމްޕޭން ފެށުމުގެ ގޮތުން މިމަހުގެ އެއްވަނަ ދުވަހު ދިރާގުން ވަނީ ޗައިލްޑް ހުޑް ކެންސަރުގެ ރިބަންގެ ކުލައިން ނުވަތަ ރަންކުލައިގެ ރިބަނަކުން ދިރާގު ހެޑް އޮފީސް ދިއްލާލައިފަ އެވެ. މީގެ އިތުރުން ކެމްޕޭންގެ ދަށުން ޗައިލްޑް ހުޑް ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ވީޑިއޯ ސީރީޒް އެއްވެސް ނެރޭނެ ކަމަށް ދިރާގުން ބުނެ އެވެ

ދާދި ފަހުން އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރުން ހެދި ރިޕޯޓަކުން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް މިހާރު ޗައިލްޑް ހުޑް ކެންސަރު ވަނީ އިތުރުވެ، ޕަބްލިކް ހެލްތް ކްރައިސިސްއަކަށް ވެފަ އެވެ. ރާއްޖޭގެ ނިސްބަތުން ބެލެވޭ ގޮތުގައި ގާތްގަނޑަކަށް ހައެއް ނަވަތަ ހަ ޕަސެންޓް ކެންސަރު ބަލީގެ ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިން ކަމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން ލަފާކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355