twitterviber whatsapp telegramfacebookyoutube instagram
4th February 2026

މޫސުމަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރިކުރަން ބޭނުން: ބޫމީ

ޚަދީޖާ އާދަމް
Sep 27, 2021

މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން މީހުން ހޭލުންތެރިކުރުވާ އަދި ދިމާވާ މޫސުމީ ކާރިސާތަކުގައި އެހީވުމަށް އިންޑިޔާއިން މިހާރަށް ވުރެ ބޮޑު ރޯލެއް އަދާކުރަން ބޭނުންވާކަމަށް ކާމިޔާބު ބަތަލާ ބޫމީ ޕެޑްނޭކަރު ބުނެފިއެވެ.

އެމެރިކާގެ ނިއުޔޯކްގައި އޮތް ކްލައިމެޓް ވީކްގައި ވާހަކަ ދައްކަމުން ބޫމީ ބުނީ އޭނާއަކީ ކުޑައިރުއްސުރެ މޫސުމީ ކަންކަމާއި ބެހޭގޮތުން ދިރާސާކޮށް މައުލޫމާތު ހޯދާކަމަށެވެ. ކްލައިމެޓް ވީކްގައި އޭނާގެ ސެޝަން އަކީ ސެލެބްރިޓީންފަދަ މީހުންގެ މަގުބޫލްކަން ހޯދާފައިވާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތައް ހިއްސާކުރުމެވެ.

އެގޮތުން ބޫމީ ބުނީ އޭނާއަކީ އެފަދަ ކަންކަމުގައި މީހުންނަށް ވާހަކަ ދައްކާ ހޭލުންތެރި ކުރެވިދާނެ މީހެއްކަމަށާއި އެނާ ދައްކާ ވާހަގަ އަހާނެ ބަޔަކު ތިބޭނެ ކަމަށެވެ. އެހެންކަމުން ލިބިފައިވާ މަޝްހޫރުކަން އިންސާނިއްޔަތަށް ހޭދަކުރަން ބޭނުންވާކަމަށް ބޫމީ ބުންޏެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ތޯތޯ ކަމެއްކަމުގައި މީހުން ދެކޭ ދެކުން ބަދަލުކޮށް އެފަދަ ކާރިސާތައް މަދުކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރުން މުހިއްމުކަން ބޫމީ ފާހަގަ ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355