twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޖަލަކް ދިކްލާ ޖާ ހޯސްޓް ކުރަން ނުލިބުނީ އަހަރެން ފަލަވެ: ކަޕިލް

Sep 28, 2021

އިންޑިޔާގެ ކާމިޔާބު ޑާންސް ޝޯ ޖަލަކް ދިކްލާ ޖާ ހޯސްޓްކުރަން ފުރުސަތު ނުލިބުނީ ފަލަވެގެންކަމަށް ކާމިޔާބު ކޮމޭޑިއަން ކަޕިލް ޝަރުމާ ބުނެފިއެވެ.

އާރްޖޭ ނިސަންތުގެ ޝޯ ބައުންސް ބެކް ބަރާތްގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ކަޕިލް ބުނީ ކަލާސް އިން ގުޅާފަ ޝޯއެއް ހޯސްޓްކޮށްދެވޭނެ ތޯ އެހިކަމަށާއި ޝޯ އާއި ބެހޭގޮތުން ސުވާލު ކުރުމުން އެއީ ޖަލަކް ދިކްލާ ޖާ ކަމަށާއި އޭނާގެ ކޯ ހޯސްޓަކީ މަނީޝް ޕޯލްކަމަށް ކަޕިލް ގާތު ބުނިކަމަށް އޭނާ ބުންޏެވެ.

ކަޕިލް އެކަމާ އެއްބަސްވެ ޖަލަކް ދިކްލާ ޖާގެ ޕްރޮޑަކްޝަން ހައުސްއަށް ދިއުމުން އެތަނުން ދިމާވީ އަންހެން މީހާ ބުނީ ޝޯ ހޯސްޓްކުރާވަރަށް ވުރެ ކަޕިލް ފަލަކަމަށާއި ބަރުދަން ލުއިކުރަންކަމަށެވެ. އެކަން ހިނގާ ދިޔަގޮތް ކަލާސް ޗެނަލަށް އެންގުމުން ޕްރޮޑަކްޝަން ހައުސްއަށް ގުޅާ ކަޕިލް ޝޯގައި ބައިވެރިކުރުމަށް އެ ޗެނަލުން އެދުނުކަމަށްވެސް ކަޕިލް ކިޔާދިނެެވެ.

ނަމަވެސް ކަލާސްއަށް ކޮމެޑީ ޝޯއެއް ހެދުމުގެ ހިޔާލު ކަޕިލް ދިނުމުން އެމީހުން ޕިޗް ތައްޔާރުކޮށްގެން ގެނައުމަށް އެދުމުން އޭނާ ދެ ދުވަހުގެ މުއްދަތަކަށް އެދުނުކަމަށާއި މުއްދަތަކަށް އެދުނީ އެވަގުތު ޝޯއެއް ގެންދާނެ ގޮތުގެ ހިޔާލެއް ނެތުމުން ކަމަށެވެ.

ކަޕިލް ބުނީ އޭނާއަށް އަބަދުވެސް ސްޓޭންޑަޕް ކޮމެޑީ، ކޮސްޓިއުމް ކޮމެޑީ އަދި ސްކެޗް ކޮމެޑީ ކަމުދާކަމަށާއި ބޭނުންވީ އެއް ޝޯގެ ތެރެއިން ހުރިހާ ރަހައެއް ހިމެނުންކަމަށެވެ. އެގޮތުން ފުރަތަމަ އެޕިސޯޑް ޝޫޓިން ނިންމާލެވުނު އިރު ޖުމްލަ 120 މިނެޓް އެޕިސޯޑްގައި އިންނަމަވެސް ދެއްކީ އޭގެތެރެއިން 70 މިނެޓްކަމަށް ކަޕިލް ބުންޏެވެ.

ފުރަތަމަ އަމާޒަކީ 25 އެޕިސޯޑް ނަމަވެސް ދަ ކަޕިލް ޝަރްމާ ޝޯ ބެލުން ތެރިންގެ މެދުގައި ކާމިޔާބުވެ އެކި ސީޒަންތަކަށް ބަހާލައިގެން މިހާތަނަށް 500 ވުރެ ގިނަ އެޕިސޯޑް ދައްކާފައި ވެއެވެ. މި ޝޯ ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. އޭގެކުރިން ކަޕިލް ވަނީ ކޮމެޑީ ސާކަސް އަދި ކޮމެޑީ ނައިޓް ވިތް ކަޕިލްވެސް ހުށައަޅާ ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355