twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތް ތައާރަފްކޮށްފި

ޚަދީޖާ އާދަމް
Sep 28, 2021

ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ އެލާރޖީ ޓެސްޓިންގ އަދި އިމިއުނޮތެރަޕީގެ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިއަރ، ނޯސް، ތްރޯޓް (އީ.އެން.ޓީ) އަދި ރެސްޕިރޭޓަރީ ޑިޕާޓްމަންޓްގެ ފަރާތުން ތައާރަފްކުރާ ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތުގެ އެހީގައި ކުޑަ ވަގުތުކޮޅެއް ތެރޭގައި އެއްވެސް އެލާރޖީއެއްގެ އަސަރެއް ހުރިތޯ ބަލާލެވެއެވެ.

އާންމު ގޮތެއްގައި ސްކިން ޕްރިކް އެލާޖީ ޓެސްޓް ހަދަނީ ތަފާތު ވައްތަރުގެ ކުނޑިއައް ކާ އެއްޗިއްސަށް ނުވަތަ ހިރަފުހަށް އެލާރޖިކްވޭތޯ ބެލުމަށެވެ. ބޮޑެތި މީހުންގެ ގައިގައި މި ޓެސްޓް ހަދާނީ މީހާގެ އަތުގައެވެ.

ސްކިން ޕްރިކް އެލާރޖީ ޓެސްޓިން ހެދުމަށްޓަކައި ހާއްސަ ކަށްޓެއް ބޭނުންކުރެވިގެން ދާނެއެވެ. އަދި މި ޓެސްޓަކީ އެއްވެސް ވަރަކަށް ތަދު އިހުސާސް ނުކުރެވޭ އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާލެވޭ ޓެސްޓެކެވެ. ޓްރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދެނީ 5 އަހަރުން މަތީގެ ފަރާތްތަކަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އީ.އެން.ޓީ ޑިޕާޓްމަންޓަކީ ކަންފަތް، ނޭފަތް ސައިނަސް، އަޑުފޮށި، އަނގަ އަދި ކަރުތެރޭގެ ބަލިތަކަށް ހާއްސަ ކުރެވިފައިވާ ޑިޕާޓްމަންޓެކެވެ. އެތެރެހަށީގެ ފަރުވާތަކުގެ ތެރޭގައި ހިމެނޭ ފުއްޕާމޭގެ ހާއްސަ ޑިޕާރޓްމަންޓަކީ ފުއްޕާމޭ، މޭ އަދި ނޭވާ ހޮޅިއާބެހޭ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓެކެވެ. މީގެ އިތުރުން ނޭވާލުމުގައި ދިމާވާ އުނދަގޫ ތަކާއި، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސީސް (ސީ.އޯ.ޕީ.ޑީ)، އިންޓަރސްށިއަލް ލަންގް ޑިސީސް، ލަންގް މެލިގްނެންސީސް، މޭގެ އިންފެކްށަންތައް އަދި ނިދުމުގެ މައްސަލަތައްކަށް ފަރުވާކޮށްދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ އީ.އެން.ޓީ ސްޕެޝަލިސްޓް، ޑރ. ޗަންދްރަޝޭކަރް ރަވަލް އާއި ފުއްޕާމޭގެ ހާއްސަ ޑޮކްޓަރ ޑރ. ރަގުލާން ރާޖާލިންގަމްއެވެ. ޑރ. ރަވަލް އަކީ މެޑިކަލް މެނޭޖްމަންޓް އަދި އެޑްމިނިސްޓރޭޝަން، ކުއްލި ފަރުވާ، އައި.ސީ.ޔޫ އަދި އޮޓޮލޮޖީ ސާރޖަރީކުރުމުގައި އެތައް އަހަރެއްގެ ތަޖްރިބާ ހޯއްދައިފައިވާ ޑޮކްޓަރެކެވެ. މީގެ އިތުރުން ޑރ. ރަވަލް އަކީ ރަވަލް ސަރޖިކަލް ހޮސްޕިޓަލުގެ ވެރިފަރާތް ކަމުގައިވެސްމެއެވެ. އަދި ދާދި ފަހުން ގަވަމަންޓް އޮފް މަހަރާސްޓްރަގެ ހެލްތް ޑިޕާޓްމަންޓްގައި އީ.އެން.ޓީ ސްޕެޝަލިސްޓެއްގެ ގޮތުގައިވެސް މަސަތްކަތް ކުރައްވާފައި ވެއެވެ.ފުއްޕާމޭގެ ހާއްސް ޑަކްޓަރު، ޑރ. ރަގުލާން އަކީ ސިއްހީ ދާއިރާގައި ދިހަ އަހަރައްވުރެ ގިނައިން ހިދުމައްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޑރ. ރަގުލާން އަކީ އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖް އަދި ރިސަރޗް އިންސްޓިޓިއުޓްގައި އެސޯސިއޭޓް ޕްރޮފެސަރގެ މަގާމް އަދާކުރައްވާ ބޭފުޅެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355