twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސްކޫލްތަކުގައި ގައިދުރުކަން ނުބަހައްޓާތީ ކަންބޮޑުވުން ފާޅުކޮށްފި

Sep 29, 2021

ސްކޫލްތަކުގައި އެކަށީގެންވާ ވަރަށް ގައިދުރުޖަން ނުބަހައްޓާތީ ޑރ. ނަޒްލާ މުސްތަފާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޮވިޑް ކޮންޓްރޯލްކުރަން އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ ނަޒްލާ މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދިން "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ ނަޒްލާ ވިދާޅުވީ ހުރިހާ ކުޑަކުދިންނަށް ވެކްސިން ނުދެވޭ ކަމަށާއި އެހެންކަމުން ސްކޫލުތަކުން ކޮވިޑްގެ ކޭސްތައް ފެންނަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑްގައި އާންމުކޮށް މާބޮޑަށް ކުދިން ބަލިނުވި ނަމަވެސް އެންމެ ފަހުގެ އައުޓްބްރޭކްގައި ވަރަށް ބޮޑަށް ކުދިން ބަލިވި ކަމަށެވެ.

އެގޮތުން "މިސްކު"ގެ ހާލަތާ ގުޅިގެންވެސް 10 ވަރަކަަށް ކުދިން އައިސީޔޫގައި ފަރުވާ ދިން ކަމަށާއި އެހެންކަމުން އަދިވެސް ވެކްސިން ޖެހުމުގެ ކަންކަން ފުރިހަމަވުމުގެ ކުރިން ބަލައިގެން އުޅުމަށް އިލްތިމާސް ކުރެއްވި އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑަށް ވުރެ ބޮޑަށް މިހާރު ސްކޫލުތަކުން ފެންނަނީ އެހެން ރޯގާތައް ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލުތަކުގައި ރޯގާތައް ފެތުރެނީ ރޯގާގެ އަލާމަތްތައް ހުންނަ ކުދިން ވެސް ސްކޫލުތަކަށް ދާތީ ކަމަށް ބެލެވޭ ކަމަށާއި އޭގެ ހައްލަކީ އަލާމަތްތައް ހުންނަ ކުދިން ސްކޫލުތަކަށް ނުފޮނުވުން ކަމަށެވެ.

ރޯގާތައް އިތުރުވި އިރު އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިގެން 11،348 މީހަކު މިދިޔަ މަހު ޑޮކްޓަރަށް ދެއްކި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355