twitterviber whatsapp telegramfacebookyoutube instagram
4th May 2025

މުއްދަތު ހަމަވެފައިވާ ލިއުންތައް އެތެރޭގެ އުދުހުންތަކަށް ބޭނުން ކުރެވޭނެ

ޚަދީޖާ އާދަމް
Sep 29, 2021
1

މުއްދަތު ހަމަވެފައިވާ ރަސްމީ ލިޔުންތައް އެތެރޭގެ އުދުހުންތަކުގައިބޭނުން ކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީ ގެދަށުން ހިންގަމުންދާ އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ މި ބަދަލު ގެނައީ ކޮވިޑާ ގުޅިގެން ޒާތީ މައުލޫމާތުގެ ގޮތުގައި ބޭނުންކުރާ ލިޔެކިޔުން ހޯދުމުގައި އަދިވެސް ދަތިތަކެއް ހުރި ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށާއި އެގޮތުން ވަގުތީ ގޮތުން ހަމަޖައްސާފައިވާ މި އުސޫލަށް އަމަލު ކުރުމަށް އެއާލައިންތަކާއި އެއާޕޯޓް އޮޕަރޭޓަރުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ވެސް މިހާރު ވަނީ އަންގާފަ އެވެ.

ނަމަވެސް މި އުސޫލަށް އަމަލު ކުރާނެ ވަކި މުއްދަތެއް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އަަދި ބުނެފައެއް ނުވެ އެވެ.

އެތެރޭގެ އުދުހުންތަކުގައި ރަސްމީ ލިޔުމުގެ ގޮތުގައި ބޭނުން ކުރަނީ އައިޑީ ކާޑު، ޕާސްޕޯޓް، ލައިސަންސް ކާޑު، ވޯކް ވިސާ ކާޑު އަދި އައިޑީ ކާޑު ނަމްބަރު ހިމަނައިގެން ސަރުކާރުން ދޫކޮށްފައިވާ ރަސްމީ ލިޔުމުގެ އިތުރުން އެއާޕޯޓް ސެކިއުރިޓީ ފާހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355