ބޯޓުދަތުރުކުރާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރާ ސީފެއަރާސް ރައިޓްސް އިންޓަނޭޝަންލް (އެސްއާރްއައި)އާ ގުޅިގެން ބިލް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އަޑިއަޅާލާފައިވާ ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ފައްޓަވައިގެން ކުރިއަށްދާކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ ދުވަހާ ގުޅުގެން މިނިސްޓަރު ނެރުއްވި ހިތާބުގައެވެ.
މި ހިތާބުގައި މިނިސްޓަރު ވިދާޅުވީ މިއަހަރަކީ ފުރަތަމަފަހަރަށް ރާއްޖޭގެ ފަރާތުން އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނަށް މަންދޫބެއް ކަނޑައެޅި އަހަރުކަމަށާއި މިކަމުން ދޭހަވަގެންދަނީ ދާއިރާގެ މުހިންމުކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ރާއްޖެއިން ދެމުންދާ ސަމާލުކަމެވެ. އެގޮތުން އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުން ބޯޓުފަހަރުގައި ދަތުރުކުރާ ފަރާތްތަކުގެ ހައްގުތަށް ހިމާޔަތްކުރުމުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މި ދާއިރާގަ މަސައްކަތްކުރާ މީހުންނަށް ދިމާވާ ހުރަސްތަކާ ގޮންޖެހުންތައް ނައްތާލުމުގަ ދައިރާގެ ފަރާތްތަކާ މަޝްވަރާކޮށް ސަރުކާރުން ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިސިނާއަތް ކުރިއެރުވުމުގައި އެންމެމުހިންމީ މިކަމުގެ ތައުލީމާއި ހުނަރާއި ތަޖުރިބާ ލިބިފަވާ ގާބިލު މީހުން އުފެއްދުންކަމަށެވެ. މި ދާއިރާއަށް ބޭނުންވާ މީހުން އުފެއްދުމަށް ގައުމީ ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަވާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. މި އެމްއޯޔޫގެދަށުން ޑެކް އޮފިސަރުންނާއި އިންޖީން އޮފިސަރުން ތަމްރީންކުރާނެއެވެ. މިނިސްޓަރ ވިދާޅުވީ މި އެމްއޯޔޫގެ ބޭނުމަކީ ޒުވާނުން މި ދާއިރާއަށް ވަނުމަށް ހިތްވަރުދީ ދާއިރާގައި ހުރި ފުރުސަތުތައް ބުނެދިނުންކަމަށެވެ.