twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިރާގު ކުޅުދުއްފުށި: ތަފާތެއް ނެތި ހިދުމަތްތައް އުތުރުގައި ވެސް

Oct 1, 2021
1

ދިވެހި ރާއްޖޭގެ ގުޅުން ނުވަތަ ދިރާގު ވުޖޫދަށް އައިތާ މިއަދަށް 33 އަހަރު ފުރުނު އިރު ދިރާގަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ދިވެހި ޓެލެކޮމިއުނިކޭޝަން ކުންފުންޏެވެ. 1988 ވަނަ އަހަރު އުފެދުނު މި ކުންފުނި ރާއްޖޭގެ މުވާސަލާނީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެސް ރާއްޖެ އެހެން ހަރުފަތަކަށް ގެންގޮސްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްދިނީވެސް ދިރާގެވެ.

އެގޮތުން ކުންފުނި އިިތުރަށް ފުޅާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރާގުގެ އޮފީސްތައް ގާއިމްކުރިއެވެ. އެގޮތުން ކުޅުދުއްފުށީގައި ގާއިމް ކުރި ދިރާގުގެ އޮފީސް ވެގެން ދިޔައީ މުޅި މި ތިލަދުންމަތީގެ ރައްޔިތުންނަށް ލިބުނު ބޮޑު ފަސޭހައަކަށެވެ. މުއާސަލާތީކަންކަން އިތުރަށް ފުޅާ ވުމުގެ އިތުރުން ކުޅުދުއްފުއްޓާއި ކައިރި އެތަށް ރަށެއްގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިޔައެވެ.

އެގޮތުން ދިރާގު ކުޅުދުއްފުށި ގޮފީގެ އޮޕަރޭޝަން ސެންޓަރުން ގެންދަނީ ހއ، ހދ އަދި ށ އަތޮޅުގެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުންނެވެ
މީގެ އިތުރުން މިއަދާ ހަމައަށް ދިރާގު ކުޅުދުއްފުށީ ގޮފިން ރައްޔިތުންނާއި ގުޅިގެން ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އިރު ކުޅުދުއްފުށީގެ އިތުރުން ކައިރި ރަށްތަކަށްވެސް ކުޅުދުއްފުށީ ގޮފިން އަންނަނީ އަގުނުކުރެވޭ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

އެގޮތުން ކައުންސިލްތަކާއި މުވައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ދިރާގުން ދޭ ހިދުމަތްތައް އޮފީސްތަކުގައި ދަނީ އިތުރަށް ތަރައްގީކުރަމުންނެވެ. އަދި ދިރާގުގެ "އެންހޭސް ލައިފް ތްރޫ ޑިޖިޓަލް ސާރވިސް"ގެ ދަށުން މުއާސަލާތީ އެންމެ ފަހުގެ ހިދުމަތް ފޯރުކޮށްދީ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތްވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން މި ސަރަހައްދުގައި ލުއި ފަސޭހަ ދިރިއުޅުމެއް ރައްޔިތުންނަށް ފަހުކޮށްދިނުމުގެ ގޮތުން އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތްވެސް ފުޅާދާއިރާއެއްގައި ދަނީ ފޯރުކޮށްދެމުންނެވެ.

ހަމައެހެންމެ ކުޅުދުއްފުއްޓާއި، މި ސަރަހައްދުގެ އެހެންރަށްތަކުގެ ކައުންސިލްތަކާއި ސްކޫލްތަކުގައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ފުރިހަމައަށް ގެންދިއުމަށް ދިރާގު ކުޅުދުއްފުށީ ގޮފިން ކެނޑިނޭޅިދަނީ އެހީތެރިވަމުންނެވެ.

ކުރިއަށް އޮތް ޖީލަށް ވިސްނާ ދިރާގުން ކުރިއަށް ގެންދާ އެޕެރެންޓިސްޝިޕް ޕްރޮގްރާމާއި ގާލްސް ޓު ކޯޑް ޕްރޮގްރާމް ވެސް ކުޅުދުއްފުށީ ގޮފިން ކުރިއަށްގެންދާއިރު ސްކޫލް ނިންމާ ދަރިވަރުންނަށް ވަޒީފާގެ މާހައުލަށް ކުދިން ހޭނުމަށްވެސް އެކި ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ.

މީގެ އިތުރުން އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ރަށުގައި ހިންގާ ޕްރޮގްރާމްތަކާއި ރަށުގެތެރެ ސާފުކުރުމަށް ހިންގޭ އެކި ހަރަކާތްތަކުގައި ބައިވެރިވުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި ދިރާގު ކުޅުދުއްފުށި ގޮފި ފާހަގަކޮށްލެވެއެވެ. އެގޮތުން ޕާލޭއާއި ގުޅިގެން ތިމާވެށި ހިމާޔަތް ކުރުމަށް ނޯ ޕްލާސްޓިކް ޕްރޮގްރާމް ކުރިއަށް ގެންގޮސް ގިނަ ރައްޔިތުންތަކެއް ވަނީ މިކަމަށް އަހުލުވެރި ކުރުވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355