މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ބޭންކުން އެހީވާނެ ޕްރޮޖެކްޓުތައް ހޮވައިފިއެވެ.
އެ ބޭންކުން ވަނީ ތިން ވަނަ ކުއާޓާގައި ފަސް ޕްރޮޖެކްޓަކަށް އެހީވާން ނިންމައިފައެވެ.
މީގެ ތެރޭގައި ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅާފައިވާ ޕްރޮޖެކްޓުތައް ހިމެނޭކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާހުރި ގިނަ ޕްރޮޖެކްޓުތަކަށް އެހީވާނެ ކަމަށެވެ.
ކޮންމެ ކުއާޓާއެއްގައި ވެސް ހުށަހަޅާ ޕްރޮޕޯސަލްތަކުން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތައް ކުރަން ބޭނުން ވެފައިވާވަރު ކަމަށް އޭނާ ވިދާޅުވިއެވެ.