ލަންކާގެ ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި އެއާޕޯޓަކީ ލަންކާގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ސަރަހައްދާ އެންމެ ކައިރީގައި ހުންނަ އެއާޕޯޓެވެ.
ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރު ޝެޑިއުލްކޮށްފައިވަނީ އަންނަ މަހު އެވެ. ރާއްޖެ އިން ވެސް ރަޓްމަލާނާ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ރަޓްމަލާނާ އެއާޕޯޓް ހުޅުވާލާއިރު ފުރަތަމަ އެއް އަހަރަށް އެއާޕޯޓް ސާވިސް ޓެކްހާއި ފްލައިޓް ޕާކު ކުރުމަށް ނަގާ ފީ ފަދަ ބައެއް ކަހަލަ ފީތައް ނުނެގުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފަ އެވެ.
ރާއްޖެއަށް ރަޓްމަލާނާ އެއާޕޯޓުން ދަތުރުތައް ފަށަން ތައްޔާރުވަމުން މިދަނީ އެ އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލާފައިވާތާ ގާތްގަނޑަކަށް 50 އަހަރު ފަހުންނެވެ.