twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޑަބްލިއުއެޗްއޯއިން މެލޭރިއާ ވެކްސިނަކަށް ހުއްދަ ދީފި

Oct 7, 2021

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ފުރަތަމަ ފަހަރަށް މެލޭރިއާ ވެކްސިނަކަށް ހުއްދަ ދީފިއެވެ.

މި ބަލީގައި ކޮންމެ އަހަރަކުވެސް ބައި މިލިއަނެއް ހާ މީހުން މަރުވެއެވެ. ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވަނީ އިނގިރޭސިވިލާތުގެ މަލްޓިނޭޝަނަލް ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ގްލެކްސޯސްމިތުކްލައިން އުފައްދާފައިވާ "މޮސްކުއިރިކްސް" ވެކްސިނަށެވެ.

މިހާތަނަށް 800،000 ކުދިން ބައިވެރިކޮށްގެން ހިންގި ޕްރޮގްރާމުގައި "މޮސްކުއިރިކްސް" ވެކްސިންގެ ސަބަބުން މެލޭރިއާ ފެތުރުމުގެ ފުރުސަތު 30 ޕަސެންޓަށް ދަށްވާ ކަން ހޯދިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑަބްލިޔުއެޗްއޯއިން ބާރު އަޅާފައިވަނީ އެފްރިކާގެ ސަބް-ސަހަރާ ސަރަހައްދާއި މެލޭރިއާ ފެތުރެމުންދާ އެހެނިހެން ސަރަހައްދުތަކުގައި ކުޑަކުދިންގެ ގަޔަށް އެ ވެކްސިން ޖެހުމަށެވެ. ޑަބްލިޔުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރޭސަސް ވިދާޅުވީ މިއީ ކުޑަކުދިންނަށް ހާއްސަ ވެކްސިނެއް ކަމަށެވެ. ވެކްސިނުގެ ސަބަބުން މެލޭރިއާ ކޮންޓްރޯލް ކުރަން ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މެލޭރިއާގެ ބާވަތެއް ކަމަށްވާ ޕްލާސްމޯޑިއަމް އާ ދެކޮޅަށް ވެސް އެ ވެކްސިން ބޭނުން ކުރެވޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

މި ވެކްސިންގައި ޖަހަނީ ހަތަރު ޑޯޒެވެ. ފުރަތަމަ ތިން ޑޯޒު ޖަހަނީ ކުއްޖާގެ އުމުރުން ފަސް މަހާއި ހަ މަހާއި ހަތް މަހުގައެވެ. އަދި އެންމެ ފަހު ބޫސްޓާ ދެނީ އުމުރުން 18 މަހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355