twitterviber whatsapp telegramfacebookyoutube instagram
18th May 2024

މިއަަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެންނަނީ

ނަބީލާ އިސްމާޢީލް
Oct 8, 2021

މިއަަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ 20 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އިތުރު 40 އެމްބިއުލާންސްއާ އެކު، މި އަހަރު ނިމުމުގެ ކުރިން ރަށްރަށަށް 60 އެމްބިއުލާންސް ފޮނުވޭނެ ކަމަށެވެ.

މިއަހަރުގެ މޭ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ \އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ އެ 96 އެމްބިއުލާންސް އަކީ ސަރުކާރުގެ ހަރަދުގައި ގަންނަ އެމްބިއުލާންސް ތަކެއް ކަމަށެވެ.

ނަސީމް ވިދާޅުވީ އަތޮޅުތެރޭގައި ހިދުމަތް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގަ އާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެން ޖެހޭ ސިއްހީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށެވެ.

މި އަހަރު ޖޫންމަަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާރޗު މަހުގެ 17 ވަނަ ދުވަހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ކުމުންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަަމުންނެވެ.

އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ދޭތެރެދޭތެރެއިން ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355