twitterviber whatsapp telegramfacebookyoutube instagram
29th March 2026

ދުނިޔޭގެ ޕާސްޕޯޓް ރޭންކުގައި ރާއްޖެ 66 ވަނައިގަ

ޚަދީޖާ އާދަމް
Oct 13, 2021

އެކި ގައުމުތަކުން ބޭނުންކުރާ ޕާސްޕޯޓްތައް ރޭންކުކުރާ "ދަ ހެންލީ ޕާސްޕޯޓް އިންޑެކްސް"ގައި މި އަހަރު ރާއްޖެ ހިމެނިފައިވަނީ 66 ވަނައިގަ އެވެ. މިިދިޔަ އަަހަރު ރާއްޖެ ހިމެނިފައިވަނީ 59 ވަނަ ރޭންކުގައެވެ.

ގައުމުތަކުން ބޭނުންކުރާ ޕާސްޕޯޓްތައް ރޭންކުކުރުމުގައި ބަލަނީ ދާން ބޭނުންވާ ތަނަކަށް ދިޔުމުގެ ކުރިން ވިސާ ހައްދަން ނުޖެހޭގޮތަށް ހުރޭތޯއެވެ. އެގޮތުން އެ ޕާސްޕޯޓެއް ބޭނުންކޮށްގެން ދެވެނީ ކިތައް ގައުމަށްތޯ ބަލައެވެ.

ގައުމުތައް ރޭންކުކުރަނީ އެގޮތަށް ދެވޭ ތަންތަނުގެ އަދަދުގެ ނިސްބަތުންނެވެ. މިއަހަރުގެ ލިސްޓަށް ބަލާއިރު ރާއްޖޭގެ ޕާސްޕޯޓުގައި 87 ގައުމަކަށް ނުވަތަ ތަނަކަށް (ކުރިން ވިސާ ހެއްދުމަކާ ނުލައި) ދެވެއެވެ. މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ ރޭންކިންގގެ 59 ވަނައެވެ. އެއީ 85 ތަނަކަށް ދެވޭގޮތަށް އޮތުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355