twitterviber whatsapp telegramfacebookyoutube instagram
25th September 2026

40 އަހަރުން ދަށުގެ ޗެމްޕިއަންކަން ޒިގްޒެގަށް، ރަނަރަޕްކަން ޓީމް ބެއާޑަށް!

މުޙައްމަދު އަހުމަދު
Oct 13, 2021

ކުޅުދުއްފުށީގައި ކުރިއަށްގެންދާ ކުއަންޓަމް ވެޓްރަންސް ކަޕްގެ 40 އަހަރުން ދަށުގެ ކެޓަގަރީގެ ޗެމްޕިއަންކަން ޒިގްޒެގް ހޯދައިފި އެވެ. ޒިގްޒެގް ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓީމް ބެއާޑް ބަލިކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު 2 - 2 ން ދެޓީމު އެއްވަރުވެފައި އޮތުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެން މުބާރާތް ކާމިޔާބުކުރީ ޒިގްޒެގުންނެވެ. ޕެނަލްޓީން ޒިގްޒެގް ކުރިހޯދީ 6 - 5 ންނެވެ.

ޒިގްޒެގްގެ ދެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 11 އަލީ ރިޒާ އެވެ. ބެއާޑަށް ލަނޑުތައް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 17 އިބްރާހިމް ހަސަން 1 ލަނޑެވެ. ބެއާޑްގެ ދެވަނަ ލަނޑަކީ ޒިގްޒެގްގެ ޖޯޒީ ނަމްބަރު 4 އާދަމް މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒިގްޒެގުގެ ޖޯޒީ ނަމްބަރު 11 އަލީ ރިޒާ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޒިގްޒެގްގެ ޖޯޒީ ނަމްބަރު 11 އަލީ ރިޒާ، ޒިގްޒެގުގެ ޖޯޒީ ނަމްބަރު 7 އަލީ އުމެއިރު، ބެއާޑްގެ ޖޯޒީ ނަމްބަރު 7 އިބްރާހިމް ހަސަނާއި އެޓީމުގެ ޖޯޒީ ނަމްބަރު 40 ފަރުހަތު މުހައްމަދާއި ޒިގްޒެގްގެ ޖޯޒީ ނަމްބަރު 13 އަހްމަދު މުހައްމަދެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި 40 އަހަރުން ދަށުގެ ކުޅުންތެރިއަކަށް ހޮވުނީ ޒިގްޒެގުގެ ޖޯޒީ ނަމްބަރު 7 އަލީ އުމެއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293