twitterviber whatsapp telegramfacebookyoutube instagram
21st March 2026

ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުން ވަކިކޮށްފި

ނަބީލާ އިސްމާޢީލް
Oct 13, 2021

ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް ހަމަޖެއްސި އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފި އެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ ޖޯން ގްރިންޑަލްގެ ވަޒީފާގެ އެއްބަސްވުން އިއްޔެ ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ޖޯން ގްރިންޑަލް ސީއީއޯގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް މީގެ ކުރިން ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

ޕެންޝަން އޮފީހުން ބުނީ ސީއީއޯ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށައެޅި އަދި ބަލާފައި ނުވާނެ ކަމަށެވެ.

އެ އޮފީހުގެ މުވައްޒަފުންނަށް ޖޯން ޖިންސީ ފުރައްސާރަ ކުރި ކަމަށް މީގެ މަހެއް ކުރިން ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355