twitterviber whatsapp telegramfacebookyoutube instagram
29th April 2026

ސާފުކުރުމުގެ ހަރަކާތަށް އިދާރާތަކުން ބޮޑު ތަރުހީބެއް!

Oct 15, 2021
5

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތަށް ގިނަ އިދާރާތަކަކުން ބޮޑު އެއްބާލުމެއް ލިބިއްޖެ އެވެ.

ހުކުރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ސާފުކޮށްފައިވަނީ އަމީނީމަގާއި ބަންޑާރަމަގުގެ އިތުރުން ވެލިގަނޑު ސަރަހައްދެވެ. މި ހަރަކާތުގައި މަގުތަކުން ވެލި ކަހައި ޕްލާސްޓިކް ކުނި އެއްކޮށްފައިވެ އެވެ.

މި ހަރަކާތުގައި ކުޅުދުއްފުށީގައި ހުރި ސަރުކާރާއި ކުންފުނިތަކާއި ސްކޫލުތައް އަދި ބޭންކުތަކުން ޖުމްލަ 421 ފަރާތްތަކުން ބައިވެރިވި އެވެ.

މި ހަރަކާތަށް އިދާރާތަކުން ދެއްވި އެއްބާރުލުން ފާހަގަކުރައްވާ ކައުންސިލުން ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. ޒުވާނުންގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުޅުދުއްފުށީގައި ކުރިއަށް އެބަދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355