twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށީގައި ސާފުކުރުމުގެ ހަރަކާތެއް، 28 ޖަމްބޯގެ ކުނި ނަގައިފި

ނަބީލާ އިސްމާޢީލް
Jun 3, 2023

ކުޅުދުއްފުށީ ސިޓީ ކައުސިލާއި އެމްޑަބްލިއުއެސްސީ ގުޅިގެން މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް "ނަލަ ކުޅުދުއްފުށި" ނަމުގައި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށީގެ 22 މުއައްސަސާއަކުން ޖުމްލަ 461 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ސާފުކޮށްފައިވަނީ ރަށުގެ އިރުމަތި ފަޅި އެވެ. އެއީ މަގާމަގުން ފެށިގެން އަލީ މަގާ ހަމައަށެވެ.

މިއަދު ހެނދުނު 6:30 ގައި ފެށި މި ހަރަކާތުގައި 1 ގަޑިއިރުގެ ތެރޭގައިވަނީ ގާތްގަނޑަކަށް 28 ޖަމްބޯ ކުނި ސާފުކޮށްފަ އެވެ. މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ 7 ބްލޮކަކަށް ބަހާލައިގެނެވެ.

މި ހަރަކާތުގައި ބޮޑަށް ސާފުކޮށްފައިވަނީ ފަތްކުންޔައްވުރެއްބޮށަށް ޕްލާސްޓިކާއި، ދަޅާ ފުޅިގެ އިތުރުން ފޮތިފަދަ ތަކެއްޗެވެ.

މޭޔަރު އާތިފް ވިދާޅުވީ ކުޅުދުއްފުއްޓަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ކޮންމެ ބާވަތެއްގެވެސް ކުނި، ކުނި ކޮށި ނޫން ތަނަކަށް ނޭޅުމަށް މޭޔަރުވަނީ އެދިފަ އެވެ.

"ވަރަށް ބޮޑަށް އެދެން ރަށަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ބޭއްވުމަށް ފަރުދީ ޒިންމާ އަދާކުރުން. މާނައަކީ ކުނިކޮށިފިޔަވާ އެއްވެސްތާކަށް އެއްވެސް ބާވަތެއްގެ ކުނި ނޭޅުން. ދެން ހަމަ ކުނިކޮށްޓަށް ކޮންމެ ބާވަތެއްގެ ކުނިވެސް ގެންގޮސްއުކާލުން. އެއީ ހަމަ ރަށުގެ ހުރިހާ ރައްޔިތުން ލިބިގެންދާނެ ރީތިކަމެއް. ސިންގަލް ޔޫސް ޕްލާސްޓިކް ނޫނީ އެއްފަހަ ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަކީ ހުރިހާ ރައްޔިތުންގެވެސް ވަރަށް މުހިންމު ކަމެއް. މޭޔަރު އާތިފް ވިދާޅުވި އެވެ.

މި ހަރަކާތުގައި ބައިވެރިވި ހުރިހާ މުއައްސަސާތަކުން ލިބުނު އެއްބާރުމަށް ވަރަށް ހާއްސާ ޝުކުރެއް މޭޔަރު އާތިފް ވަނީ އަދާކުރައްވާފަ އެވެ. މީގެ އިތުރުން މޭޔަރު ވަނީ މިހަރަކާތުގައި އެެންމެ ބޮޑު އެއްބާރުލިމެއް ދެއްވި އެމްޑަބްލިއުއެސްސީއަށްވެސް ވަރަށް ހާއްސާ ޝުކުރެއް އަދާކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355