twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

މުޙައްމަދު އަހުމަދު
Oct 17, 2021
1

މިއަހަރުގެ ނަސްރުގެ ދުވަސް ކުލަގަދަ ގޮތެއްގައި ކުޅުދުއްފުށީގައި ފާހަގަކުރުމަށްޓަކައި އަފީފުއްދީން ސްކޫލާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ.

ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ މިހަރަކާތް ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ނަސްރުގެ ދުވަހަކީ ކުޅުދުއްފުށީގެ ފަހުރުވެރި ދަރިއެއްކަމަށްވާ ޝަހީދު ހުސެއިން އާދަމްއަށް ވަރަށް ބޮޑަށް ނިސްބަތްވާ ދުވަހަކަށްވުމުން ކަމަށެވެ. އަދި ދުވަހުގެ ބަތަލަކީވެސް އެބޭފުޅާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މޭޔަރު މިހެން ވިދާޅުވީ މިދިޔަ ބުދަ ދުވަހު ކުރިއަށް ދިޔަ ކައުންސިލްގެ އާންމު ބައްދަލުވުމުގައި އެވެ. އަފީފުއްދީން ސްކޫލާ ގުޅިގެން މި ދުވަސް ފާހަގަކުރަން ނިންމީ އެކަމަށް އެ ސްކޫލުން އިސްނަގައި ޝައުގުވެރިކަންފާޅުކޮށްފައިވާތީ އެވެ.

ދުވަހުގެ ހަރަކާތްތަކުގެ ގޮތުގައި މިހާރު މަޝްވަރާކޮށްފައިވާ ކަންތައްތަކަކީ 3 ސްކޫލުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޯސްޓަރު ކުރެހުމުގެ މުބާރާތަކާއި އެދުވަހާ ގުޅޭގޮތުން ލިބިފައިހުރި މައުލޫތަކާ ގުޅޭގޮތުން ތަމްސީލު މުބާރާތެކެވެ. މިމުބާރާތުގައި ކޮންމެ ސްކޫލަކުން އެއް ތަމްސީލު ހުށަހަޅާނެ އެވެ.

ދުވަހާ ގުޅޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު އެންމެ ފަހު ހަރަކާތަކަށް އޮތީ ނަސްރުގެ ދުވަހުގެ ޝުއޫރު ފާޅުކުރުމަށް ބާއްވާ އެއްބައިވަންތަކަމުގެ ހިނގާލުމެކެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ރާއްޖެ އަރައި ދިން ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރު ގެ ހަނދާން އާ ކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355