twitterviber whatsapp telegramfacebookyoutube instagram
10th October 2026

އަންނަ އަހަރު ކުޅުދުއްފުށީގައި ސްޕެސަލް އޮލިމްޕިކް ޓްރޭނަރުން ތަމްރީނުކުރާނަން: ޝައުފާ

ނަބީލާ އިސްމާޢީލް
Oct 17, 2021

އަންނަ އަހަރު ކުޅުދުއްފުށީ ސިޓީގައި ޔޫތް މިނިސްޓްރީ ސްޕެސަލް އޮލިމްޕިކްސް ޓްރެއިނަރުން ތަމްރީނު ކުރާނެކަމަށް ޔޫތް އެގްޒެކިއުޓިވް ޝައުފާ އިބުރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.

ޝައުފާ މިހެން ވިދާޅުވީ ގައުމީ ޒުވާނުންގެ ދުވަހާ ގުޅިގެން ކުޅުދުއްފުށީގައި ހުންނަ ސްކޫލުތަކުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ޔޫތް މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން ބޭއްވި ޝާމިލްކުރަނިވި ކުޅިވަރު ފެސްޓިވަލް ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެހެން މީހުންނެކޭ އެއްފަދައިން އެއްހަމައަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މުޖުތަމައުގެ ބައިވެރިވުން އޮންނަންވާނެ ކަމަށެވެ.

މި ފެސްޓިވަލުގެ ކުޅިވަރުންތަށް ކުޅުދުއްފުށީގައި ހިންގުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަން ފާހަގަ ކުރައްވާ ޕެރަލިމްޕިކްސް އަދި ސްޕެސިއަލް އޮލިމްޕިކްސްއަށް ވަނީ ޝުކުރު ދަންނަވާފަ އެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން އަންނަ އަހަރު ޔޫތް މިނިސްޓްރީން މި ސިޓީގައި ސްޕެސަލް ޓްރެއިނަރުން ތަމްރީން ކުރާނަން." ޝައުފާ ވިދާޅުވި އެވެ.

ޝައުފާ ވިދާޅުވީ މިކަމުގެ ސަބަބުން ކުޅުދުއްފުށީގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ކުދިން ބޭނުންވާ ކުޅިވަރަކުން ތަމްރީނު ހޯދާ ދިނުމަށް ފަސޭހަވެގެން ދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293