twitterviber whatsapp telegramfacebookyoutube instagram
10th December 2025

ލަފާކުރި އަދަދުގެ 90 އިންސައްތަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ޚަދީޖާ އާދަމް
Oct 18, 2021

މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދުގެ 90 އިންސައްތަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 92،3146 ވުރެ ގިނަ ފަތުރުވެރިންވަނީ އައިސްފައެވެ.

ލަފާކޮށްފައިވާ އަމާޒް ހާސިލްކުރުމަށް ދެން ބޭނުންވަނީ 76854 ފަތުރުވެރިންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4022 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މި އެވްރެޖްތަކަށް ބަލާއިރު މިއަހަރު އަންނާނެކަމަށް ލަފާކުރި 1 މިލިއަން ފަތުރުވެރިންގެ އަދަދު ކުރިޔަށް 20 ދުވަހުގެ ތެރޭގައި ހާސިލުވާނެއެވެ.

އެގޮތުން އަހަރު ނިމޭއިރު ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އަންނާމެކަމަށް ވަނީ ލަފާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355