twitterviber whatsapp telegramfacebookyoutube instagram
9th June 2026

ކުޅުދުއްފުށީ ދޯންޏެއް ފީވަކު ނެރު މައްޗަށް ބަންޑުން ޖަހާލައިފި

މުޙައްމަދު އަހުމަދު
Oct 18, 2021
1

ކުޅުދުއްފުށީ ދޯންޏެއް ށ. ފީވަކު ފަޅަށް ވަންނަނިކޮށް ބަންޑުން ޖަހާލައިފި އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އައި ބާރުގަދަ ކޮޅިގަނޑުގެ ތެރޭގަ އެވެ. މިހާރު އެދޯނި ވަނީ ހައިމާކަކުން ނަގައި އެއްގަމަށް އަރުވާފަ އެވެ.

މިހާދިސާ ބަންޑުން ޖަހާލާފައިވަނީ ކުޅުދުއްފުށީ "މަންނާމު" ދޯންޏެވެ.

މިދުވަސްވަރު އާދަޔާހިލާފަށް މޫސުން ގޯސްއިރު ކަނޑުމަތީގައި ހިނގާ ހާދިސާތައްވެސް ވަނީ އިތުރުވެފަ އެވެ. މޫސުމަށް ސަމާލުވެގެން ކަނޑުދަތުރުތައް ކުރުމަށް މެޓް އޮފީހުން އަދި އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އިއްޔެވެސް ކަނޑުމަތީގެ ހާދިސާއެއްގައި ކުޑަކުއްޖަކު ގެއްލުނުއިރު އަންހެނަކުވަނީ ނިޔާވެފަ އެވެ. އަދި މިއަދު މާލޭގައި މަސްބާނަން ހުއްޓާ މޫދަށް ވެއްޓުނު މީހަކު ވެސް ވަނީ ނިޔާވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355