twitterviber whatsapp telegramfacebookyoutube instagram
16th June 2026

ހދ އަތޮޅު ކައުންސިލްގެ ރައީސްއަށް ސްޓްރޯކެއް ޖެހި ފަރުވާދޭން ފަށައިފި

ނަބީލާ އިސްމާޢީލް
Oct 19, 2021

ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖަށް ސްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ވިދާޅުވީ އާދިއްތަ ދުވަހުވެސް ބަލިވެގެން ކުޅުދުއްފުށީ ރީޖަލަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ރައީސް ދައްކާފައިވާކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވާލީ މިއަދު ކަމަށެވެ.

އަމީން ވިދާޅުވީ މާލެގެންގޮސް އޭޑީކޭއަށް ދެއްކުމުން ސްޓްރޯކެއް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށާއި މި ވަގުތު ވެސް އަދި ރައީސްގެ ހާލު އިތުރަށް ރަނގަޅު ނުވާކަމަށެވެ.

އަމީން ވިދާޅުވީ ރައީސްއަށް އަވަސް ޝިފާއެއް ދެއްވުން އެދި މާތްﷲ އަށް ދުވާ ދަންނަވާ ކަމަށެވެ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖަކީ ވައިކަރަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355