twitterviber whatsapp telegramfacebookyoutube instagram
10th August 2026

ލައިފްޖެކްޓް ބެހެއްޓުމަށް ތިންމަހުގެ މުހުލަތެއް، ހަމަނުކޮށްފިނަމަ ލައިސަންސް ބާތިލްކުރާނެ

މުޙައްމަދު އަހުމަދު
Oct 20, 2021

ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ލައިފް ޖެކެޓު ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނުބަހައްޓައިފިނަމަ އެފަދަ އުޅަނދުތަކުގެ ލައިސަންސް ބާތިލްކުރާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނުގައިވަނީ ލައިފް ޖެކެޓު ބެހެެއްޓުމުގެ އިތުރުން ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ގިނަ ކަންތައްތަކެއް ފުރިހަމަ ކުރުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ވަނީ ދީފައިވާ ކަމަށެވެ. އަދި އެމުހުލަތުގައި ލައިފް ޖެކްޓް ހަމަނުކޮށްފިނަމަ ލައިސަންސް ބާތިލްކުރާނެކަމަށް އެއޮތޯރިޓީން ބުނެ އެވެ.

މިކަންކަން ފުރިހަމަ ކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މިގޮތަށް އަންގާފައިވަނީ މިދުވަސްކޮޅު ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަދި ދިމާވެފައިވާ އެކިއެކި ކަނޑު މަތީގެ ހާދިސާތަކާވެސް ގުޅިގެންނެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ކަނޑުމަތީގައި ހިތްދަތި އެތައް ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު މާލެ އިން ފުރައިގެން ދަތުރުކުރި ލޯންޗެއް އޮޅުވެލި ރިސޯޓް ކައިރިން ދިޔަވެ އަޑިއަށްގޮސް އެކަކު މަރުވެ، ހަތަރު އަހަރުގެ ކުޑަކުއްޖަކު ވަނީ ގެއްލިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355