twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރައީސް ނަޝީދާއި އެޑިއުކޭޝަން މިނިސްޓަރު އެމްއެންޔޫ ފޮތް މައުރަޒަށް ޒިޔާރަތްކުރައްވައިފި

މުޙައްމަދު އަހުމަދު
Oct 20, 2021
1

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ އެންމެ ފުރަތަމަ ފޮތް މައުރަޒު "އެމްއެންޔޫ ފޮތް މައުރަޒު" އަށް ރައްޔިތުންގެ މަޖްލީސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޒިޔާރަތް ކުރައްވައިފި އެވެ.

އެމަނިކުފާނު އެމް.އެން.ޔޫ. ފޮތް މައުރަޒަތް ޒިޔާރަތް ކުރެއްވީ މިދިޔަ ހޯމަދުވަހުގެ ރޭގެ ވަގުތެއްގައި އެވެ. ރައީސް ނަޝީދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ނަޝީދު ވަނީ މައުރަޒުގެ ބައިވެރިވެލެއްވި ބޭފުޅުންނާ ބައްދަލު ކުރައްވައި ދިވެހި ލިޔުންތެރީން ކުރައްވާ މަސައްކަތްތައް ބައްލަވައިލައްވާ ލިޔުންތެރިންނަށް ހިތްވަރު ދެއްވާފަ އެވެ.

މިމައުރަޒު ކުރިއަށް ދާނީ މި އޮކްޓޫބަރު މަހުގެ 17 ވާ އާދީއްތަ ދުވަހުން ފެށިގެން 21 ވާ ބުރާސްފަތި ދުވަހާ ހަމައަށް ހެނދުނު 0900 ން 1200 އަށް، 1400 ން 1800 އަށް އަދި 2000 ން 2200 އަށް ޔުނިވަރސިޓީގެ މައި މަރުކަޒުގައެވެ. ކޮންމެ ދުވަހެއްގެވެސް ހަވީރު ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެ އެވެ.

މުޅިން ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މިފޮތް މައުރަޒުގައި ތަފާތު 9 ފަރާތަކުންނާއި އަދި ޤައުމީ ޔުނިވަރސިޓީން 1300 އަށްވުރެ ގިނަ ފޮތް ވިއްކުމަށް ބަހައްޓާފައިވެ އެވެ. މި ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ.

މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުސަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355