twitterviber whatsapp telegramfacebookyoutube instagram
25th August 2026

ކުޅުދުއްފުށީގައި ކުރިއަށްގެންދާ ފޯރިގަދަ ސައިކަލު ރޭސް ފަށައިފި

މުޙައްމަދު އަހުމަދު
Oct 22, 2021
2

މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ކުޅުުދުއްފުށީގައި ފާހަގަކުރަން ހަމަޖެހިފައިވާއިރު ކައުންސިލުން ދަނީ އެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނައިރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި އެއް އިވެންޓް ކަމަށްވާ ސައިކަލު ރޭސް މިއަދު ފަށައިފި އެވެ.

ސައިކަލު ރޭސް ފަށާފައިވަނީ މިއަދު ހެނދުނު 7:30 ގައި އެވެ. ރޭސް ކުރިއަށް ގެންދަނީ އަންހެނުންނަށާއި ފިރިހެނުންނަށް ވެސް ހުޅުވާލައިގެންނެވެ.

މިރޭހުގައި ވަނީ ގިނަ ބަޔަކު ބައިވެރިވެފަ އެވެ. މިއީ ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލަން ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ. މިއިވެންޓްގައި މޮޑިފައިކޮށް ހަދައިގެން ނެރެފައިވާ ވަރަށް ރީތި ސައިކަލުތައް ފެނިގެންދިޔަ އެވެ.

މިއިވެންޓް ބަލާލުމަށް ރަށުގެ ކުދި ބޮޑު އެންމެންވެސް ޖަމާވެފައިވާއިރު ރޭސް ޖަހަނީ ސީޝާއިން ފެށިގެން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ މައި ގޭޓާއި ހަމައަށެވެ. މިއިވެންޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

މިރޭހުގެ ހެނދުނު ދަންފަޅި ނިމޭނީ 11 ޖަހާއިރު އެވެ. އެއަށްފަހު ނަމާދު ބްރޭކެއް ދިނުމަށް ފަހު އަނެއްކާވެސް 13:30 ގައި ފެށޭނެ އެވެ. މިއިވެންޓް މިއަދު ހަވީރާ ހަމައަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355