twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައިފި

ނަބީލާ އިސްމާޢީލް
Oct 22, 2021

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ހިނގާލުމެއް ބާއްވައިފި އެވެ.

އިދިކޮޅު ސަޕޯޓަރުންތަކެއް ބައިވެރިވި މި ހިނގާލުން އަމާންކަމާއެކު ނިންމާލާފައިވާއިރު، މި ހިނގާލުމުގައި ވަނީ ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވެސް ގޮވާލާފައެވެ.

ފުލުހުންގެ ހުއްދައާއި އެކު "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ކުރިއަށްދިޔަ ހިނގާލުމުގައި އެމްޑީޕީ އުފެއްދުމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ބައިވެރިވެ އެވެ.


ހިނގާލުމުގެ ބައިވެރިން މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ހިނގާލާފައިވާއިރު އެ ބައިވެރިން ފާޅުކުރި ޝުއޫރުތަކުގެ ތެރޭގައި ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުގައި އިންޑިއާ ސިފައިން ތިބިކަމަށާއި، އެ މީހުން ބޭލުމަށް ވަނީ ގޮވާލާފައެވެ. އަދި މިނިވަންކަން "ވިއްކާލާތަން" ބަލަން ނުތިބެވޭނެ ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފަ ވެއެވެ.

ހިނގާލުމުގައި ބައިވެރިވަމުން ދަނީ އިންޑިއާ ގޯސްވެގެން ނޫންކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލައި ދިނުމަށް އެދި ގޮވާލަންކަމަށް ބުނެ ބައެއް ބައިވެރިން ޝުއޫރު ފާޅުކޮށްފަ ވެއެވެ.

ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެ ކަމުގެ ޔަގީންކަން ޕީޕީއެމުން ދަނީ ދެމުންނެވެ. އަދި އެއްވެސް ފަރާތަކުން ހަމަނުޖެހުން ހިންގާނަމަ އެ ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވެސް ގޮވާލާފައިވެ އެވެ.

ޕީޕީއެމުން ބުނީ ހިނގާލުމުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ ސިފައިން ދިގު މުއްދަތަކަށް ގާއިމުވެގެން ތިބުމަކީ ދިވެހިން ނުރުހޭ ކަމެއް ކަމަށް ސަރުކާރަށް އަންގައިދިނުން ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ އަދި އެމީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތު ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށްވެސް ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355