twitterviber whatsapp telegramfacebookyoutube instagram
19th May 2024

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ "ރިހިވެލި" އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Oct 23, 2021

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ "ރިވެލި ތަރި" 2021 އަށް ކުރިމަތިލުމުގެ ފުރުސަތު ޖެންޑާ މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި އެވޯޑުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކާލުމާއި، އެފަރާތްތަކުގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވާ މާކެޓު ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފަތުރައި އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ.

"ރިވެލި ތަރި"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ މިމަހުގެ 12ވަނަ ދުވަހުން ފެށިގެންނެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެފަރާތުން ބައިވެރިވާން ބޭނުންވާ ކެޓަގަރީއަކުން 2 މިނިޓާއި 5 މިނިޓާ ދެމެދުގެ ވީޑިއޯއެއް ތައްޔާރު ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ވީޑިއޯ އެކަމަށް ކަނޑައަޅައިފައިވާ ފޭސްބުކް ޕޭޖަށް މިނިސްޓްރީން އަޕްލޯޑް ކުރާނެއެވެ. މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމުން ވީޑިއޯ އަޕްލޯޑް ކުރަންވީގޮތުގެ މައުލޫމާތު މިނިސްޓްރީން ހިއްސާކުރާނެއެވެ.

ރިވެލި ތަރިއަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ސީޓްރެކް ބިލްޑިންގް (7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބޭނެއެވެ.

"ރިވެލި ތަރި"އަށް ކުރިމަތި ލުމުގެ އެންމެ ފަހުތާރީހަކީ އަންނަ ނޮވެމްބަރ 15ވަނަ ދުވަހުގެ 13:30ގެ ކުރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355