twitterviber whatsapp telegramfacebookyoutube instagram
20th September 2026

ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބުރައީސް ހައްޔަރުކުރުކޮށްފި

ނަބީލާ އިސްމާޢީލް
Oct 23, 2021
8

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަހުމަދު މިއަދު ހަވީރު ފުލުހުން ހައްޔަރުކޮށްފި އެވެ.

މުޖްތަބާ ހައްޔަރުކޮށްފައިވަނީ ރައީސް ސާލިހު ކުޅުދުއްފުށީ ރަސްމީ ބޯޅަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ވަގުތު ގެޔެއްގެ ތެރޭގައި، ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްތިއުފާ ދިނުމަށާއި އަދި އިންޑިއާ މިލިޓަރީ ބޭރުކުރުމަށް ގޮވާލާފައިވާ ބެނަރއެއް ހަރުކޮށްފައިވާތީ އެވެ.

އެ ބެނަރގައި ވަރަށް ބޮޑުކޮށް "އިންޑިއާ އައުޓް"، "އިބޫ އިސްތިއުފާ" އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައިވެ އެވެ.

ޕީޕީއެމުން ބުނެފައިވާގޮތުގައި ފުލުހުން އެގެއަށް ވަދެ އޭނާ ހައްޔަރު ކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. އަދި ގެއަށް ވަދެފައިވަނީ ކޯޓު އަމުރަކާވެސް ނުލައެވެ. އެހެންކަމުން އެޕާޓީންވަނީ ފުލުހުންގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރިކޮށްފަ އެވެ.

ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނޫ އަސާސީން ލިބިދީފައިވާ ހައްގުތަކެވެ. މިހައްގުތަކަށް އަރައިނުގަތުމަށްވެސް އެ ޕާޓީން ގޮވާލާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293