twitterviber whatsapp telegramfacebookyoutube instagram
16th June 2026

ކުޅުދުއްފުށިން ހަރުފައެއް ފެނިއްޖެ

ނަބީލާ އިސްމާޢީލް
Oct 24, 2021
7

ކުޅުދުއްފުށިން މިއަދު ހަރުފައެއް ފެނިއްޖެ އެވެ. ގާތްގަނޑަކަށް ދެ ފޫޓް ހުންނަވަރުގެ މި ހަރުފަ ފެނިފައިވަނީ އެތުމާ ވުޑް ކައިރީގައި ހުރި ލަކުޑި ބަންޑަލްތަކުގެ ތެރެއިންނެވެ.

މި ލަކުޑިތަކަކީ ވިޔަފާރީގެ ބޭނުމަށް ރާއްޖެއިން ބޭރުން ގެނެސް ހުރި ލަކުޑިތަކެކެވެ. މި ލަކުޑިތައް އެތުމާ ވުޑް ކުރިމަތީގައި ހުންނަތާ ދެ ދުވަހެއްވަރު ވެދާނެކަމަށް މައުލޫމާތު ލިބެ އެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 10 ޖަހާއެރާއިރު ފެނުނު މިހަރުފަ މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި އެވެ. ގާތްގަނޑަށް ދެ ފޫޓް ހުރި މި ހަރުފައަކީ ފައިތަން އާއިލާގެ ހަރުފައެއްކަމަށް ބެލެވެ އެވެ.

ރާއްޖޭގެ ބޭރުން ގެންނަ މުދާތަކުގެ ތެރެއިން ދޭތެރެ ދޭތެރެއިން ހަރުފަ ފެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355