twitterviber whatsapp telegramfacebookyoutube instagram
8th April 2026

ހދ.އަތޮޅު ކައުންސިލުގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް ނަޞްރުﷲ އިސްމާއީލްގެ ކެމްޕޭން ޖަގަހެއް ހުޅުވައިފި

May 25, 2011

އިބްރާހިމް ހަމީދު

ހދ.އަތޮޅު ކައުންސިލުގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަޞްރުﷲ އިސްމާއީލް ކެމްޕޭން ޖަގަހެއް އިއްޔެ ހުޅުވައިފިއެވެ.

މިޖަގަހަ ހުޅުވުމަށްފަހު ނަޞްރުﷲ އިސްމާއީލް ރޭގެ ވަގުތެއްގައި ޒުވާނުންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. ކުޅުދުއްފުށީ ލޯކްލަ މާރުކޭޓުގެ ދެކުނުގައި ހުޅުވި މިކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ އިސްވެރިންނާއި އެމްޑީޕީގެ ގިނައަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

ހދ. އަތޮޅު ކައުންސިލުގެ ބައި އިލެކްޝަނެއް ބާއްވަން ނިންމީ ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލް ކުރެއްވި އެމްޑީޕީ މެމްބަރު އަލީ ނިފާޒު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބައި އިލެކްޝަން އޮންނާނީ އަންނަމުގެ 11 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355