twitterviber whatsapp telegramfacebookyoutube instagram
9th November 2025

އިޓަލީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ޚަދީޖާ އާދަމް
Oct 25, 2021

އިޓަލީގެ ނިއޯސް އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ. ނިއޯސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ އިއްޔެ އެވެ.

ނިއޯސް އިން އިޓަލީގެ މިލާން އަދި ރޯމުން ރާއްޖެއަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ސީދާ ދަތުރުތައް ބާއްވާނެ އެވެ. އެ ދަތުރުތަކުގައި ބޭނުން ކުރާނީ 350 ޖާގައިގެ މަތިންދާ ބޯޓުތަކެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިއްމު މާކެޓެކެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދުކޮށް އަލުން ހުޅުވި ފަހުން އިޓަލީން އަންނަ މީހުންގެ ނަންބަރު ދަށްވެފައިވާ ކަން ފާހަގަވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355