twitterviber whatsapp telegramfacebookyoutube instagram
9th August 2026

ޓޫރިޒަމް އިޝްތިހާރު ކުރަން އެމިރޭޓްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚަދީޖާ އާދަމް
Oct 26, 2021

ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް (އީކޭ)އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭން ހެދި އެމްއޯޔޫ ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު މުހައްމަދު އެވެ.

އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ދުބާއީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފެއާ، ދުބާއީ އެކްސްޕޯ 2020 ގައި ބޭއްވި މި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވަޑައިގަތެވެ.

މިހާރުވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއާލައިނަކީ އެމިރޭޓްސް ކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355