twitterviber whatsapp telegramfacebookyoutube instagram
20th July 2025

ފިޗުން ރާއްޖޭގެ ރޭޓިން ބީ މައިނަސް އަށް މައްޗަށް ޖައްސައިފި

Oct 30, 2021

ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އިދާރާއެއްކަމަށްވާ ފިޗުން ރާއްޖޭގެ ރޭޓިން ބީ ނެގެޓިވަށް މަތިކޮށްފިއެވެ. ރާއްޖޭގެ ރޭޓިން މަތިކޮށްފައިމިވަނީ ދަރަނީގެ ހާލަތު ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފަ އެވެ.

ކުރިން ރާއްޖޭގެ ރޭޓިން އިނީ ސީސީސީ ގަ އެވެ. ސީސީސީ އަށް ވައްޓާލީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ މައިނަސްގައި ހުއްޓާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ފިޗުގެ ރޭޓިންއަށް ބަލާއިރު ސީސީސީ އަކީ މާލީ ހާލަތު އެންމެ ގޯސްވެގެން ދަރަނި ނުދެއްކިދާނެ ކަމަށް ފެންނަ ގައުމުތަކަށް ދޭ ރޭޓިން އެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިޗުންވަނީ ރާއްޖޭގެ ރޭޓިން މަތިކުރިކަން ހާމަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355