އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް ހިއުމެނީޓީސް އެންޑް ސޯޝަލް ސައިންސަސް އިން ކުރިއަށް ގެންދާ ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ ކޯސް އަންނަ ޖެނުއަރީއިންޓޭކްގައި ފެށުމަށް ހަމަޖެހިއްޖެ އެވެ. މިއީ އަލަށް އެކޮލުޖުން ތައާރަފްކުރާ ކޯހެކެވެ.
މިއަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ހަފްތާގައި ވަނީ އެވިޑް ކޮލެޖުން އާންމުކޮށް ހުޅުވާލާފަ އެވެ. އެކި ދާއިރާތަކުން ފަންސަހަތްތަރި ކޯހަށް ވުރެ ގިނަ ކޯސް އެވިޑް ކޮލެޖުން ޖެނުއަރީމަހުގައި ކުރިއަށް ގެންދާނެ އެވެ.
މިއިން ކޮންމެ ކޯހަކީވެސް ދަރިވަރުގެ އާންމު މައުލޫމާތު މުއްސަނދިކޮށް ދާއިރާއިން ހާއްސަވުމަށް މަގު ފަހިކޮށްދޭނެ ފެންވަރު ރަނގަޅު ކޯހެއް ކަމަށް އެވިޑް ކޮލެޖުން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.
ފެކަލްޓީގެ ޑީން އަލްފާޟިލާ ފާތިމަތު މަޢީޝާ ހާމަ ކުރެއްވި ގޮތުގައި އެވިޑް ކޮލެޖްގެ ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ ކޯސް ފަރުމާކުރެވިފައިވަނީ ސައިކޮލޮޖީގެ ތަފާތު އޭރިއާތަކުން މަތީ ތައުލީމު ހާސިލްކުރުމާއި ކިޔަވައި ދިނުމުގެ ރޮގުން އިސް ދައުރެއް އަދާކުރުމާއި ދާއިރާއާ ގުޅޭ ގޮތުން އެކިއެކި ދިރާސާކުރުމުގެ ފަންނީ ހުނަރު ދަރިވަރުންނަށް ލިބިގެންދާ ގޮތަށެވެ.
އެހެން ކަމުން މިކޯސް ނިމޭއިރު ދަރިވަރުންނަށް ނަފްސާނީ އިލްމާ ގުޅޭ މުހިންމު ގިނަ ތިއަރީތަކާ ކޮންސެޕްޓްތައް އެނގި ފަރިތަވާނެ އެވެ. އަދި އަމަލީ ދާއިރާގައި އިތުބާރާއެކު ފައިތިލަ ސާބިތުކުރުމުގެ ޤާބިލްކަން ލިބިގެންދާނެ ކަންވެސް ހާމަކުރައްވާފައިވެ އެވެ.
ކޯހުގައި ކިޔަވައިދެނީ ދިވެހިރާއްޖޭގައި ތިއްބެވި ދާއިރާއާއި ގުޅޭ ފުންނާބު އުސް އަދި ތައުލީމީ ފެންވަރު ރަނގަޅު ލެކްޗަރަރސްއިން ކަމަށް އެވިޑް ކޮލެޖުން ބުނެ އެވެ.
3 އަހަރު ދުވަހުގެ މުއްދަތަށް (9 ސެމެސްޓަރއަށް) ބަހާލައިގެން އެވިޑް ކޮލެޖުން ކުރިއަށް ގެންދާ މިކޯހުގެ ފުރަތަމަ އަހަރު ނުވަތަ ފުރަތަމަ 3 ސެމެސްޓަރ ފުރިހަމަކުރުމުން ދަރިވަރަށް ޑިޕްލޮމާއިން ސައިކޮލޮޖީ ސެޓްފިކެޓް ލިބޭނެ އެވެ. އަދި ދެވަނަ އަހަރު ނިންމާލުމުން އެސޯސިއޭޓް ޑިގްރީ އިން ސައިކޮލޮޖީ އެވޯޑް ކުރެވޭނެއެވެ. ތިންވަނަ އަހަރު ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ ލިބޭނެ އެވެ.
ކާމިޔާބުކަމާއެކު މިކޯސް ފުރިހަމަކޮށް ނިންމާލުމުން ސްކޫލް އަދި ކޮލެޖް ފަދަ އިންސްޓިޓިއުޓްތަކުގައި ލެކްޗަރަރ އަދި ޓީޗަރުކަމާއި ސްކޫލް، ހޮސްޕިޓަލް އަދި ކްލިނިކްތަކުގައި ލައިސަންސްޑް ސައިކޮލޮޖިކަލް އެސޯސިއޭޓް ކަމުގެ ވަޒީފާގެ ލިބުމަށް މަގުފަހިވެގެންދާނެ އެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް އެންމެ ފުޅާކޮށް އަތްފޯރާ ފަދަ އަގެއްގައި ދަރިވަރުންނަށް ފޯރުކޮށްދެމުން ގެންދާ އެންމެ ބޮޑު އެއް ކޮލެޖެވެ.