twitterviber whatsapp telegramfacebookyoutube instagram
5th May 2024

ނޮވެމްބަރު 18ގެ ކުރިން ކޮމެޓީއިން ބަޖެޓު ދިރާސާކޮށް ނިންމަނީ

ޚަދީޖާ އާދަމް
Oct 31, 2021

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބަޖެޓް ނޮވެންބަރު 18 ވަނަ ދުވަހުގެ ކުރިން ކޮމެޓީ ނިންމަން ޖެހޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ ވިދާޅުވީ 8 ނޮވެމްބަރުގައި ބަޖެޓް ބަހުސް ފެށުމަށް ފަހު ނޮވެންބަރު 18 ގެ ކުރިން ކޮމެޓީގެ ރިޕޯޓް ނިންމާ، ރިޕޯޓް މަޖިލީހުގެ ތަޅުމަށް ލިބެން ޖެހޭނެކަމަށެވެ. އެއަށްފަހު ކޮމެޓީ ރިޕޯޓްގެ ބަހުސް މަޖިލިސް ތަޅުމުގައި ފެށޭނެ ކަމަށް ލަފާކޮށްފައިވަނީ 22 ނޮވެމްބަރުގަ އެވެ. ނޮވެމްބަރު މަސް ނިމުމުގެ ކުރިން ބަޖެޓަށް ވޯޓަށް އަހަން ޖެހޭނެ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަޔާން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށަހެޅުމާއި ބަޖެޓް ބަހުސް ފެށުމާ ދެމެދު ހަތް ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަޅާފައިވަނީ، 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ.

ބަޖެޓު ޑެފިސިޓް ވާނެ ކަމަށް ލަފާކޮށްފައިވަނީ 9.7 ބިލިއަން ރުފިޔާއިންނެވެ. އަދި ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހަރަދާއި ބޭރުގެ މާލީ އިދާރާތަކަށް ރައުސްމާލުގެ ގޮތުގައި ދައްކާ ފައިސާ ނުހިމަނައި އަންނަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދަކީ 34 ބިލިއަން ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355