twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެމްއެންޔޫގެ މޯލްޑިވްސް ޓޫރިޒަމް ރީބޫޓް އިވެންޓްގެ މީސް މީޑިއާ ކެމްޕޭން ލޯންޗުކޮށްފި

މުޙައްމަދު އަހުމަދު
Nov 3, 2021

އެމްއެންޔޫގެ މޯލްޑިވްސް ޓޫރިޒަމް ރީބޫޓް އިވެންޓްގެ މީސް މީޑިއާ ކެމްޕޭން އިއްޔެ އިފްތިހާހްކޮށްފި އެވެ.

މޯލްޑިވްސް ޓޫރިޒަމް ރިބޫޓް އިވެންޓަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ބެޗަލަރ އޮފް އިންޓަނޭޝަނަލް ޓޫރިޒަމް މެނޭޖްމަންޓް އަދި ބެޗަލަރ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖްމަންޓްގެ ފަހު އަހަރު ފުރިހަމަ ކުރަމުންގެންދާ ދަރިވަރުން އިންތިޒާމުކޮށްގެން ބާއްވާ އިވެންޓެއް ކަމަށް އެމްއެންޔޫއިން ނެރުނު ނޫސްބަޔާނުގައިވެ އެވެ.

މިއިވެންޓަކީ އެދަރިވަރުންގެ ފަހު އެސެސްމަންޓުގައި ފުރިހަމަ ކުރަންޖެހޭ ބައެކެވެ. މިއިވެންޓުގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނަށް ކޮވިޑްގެ ސަބަބުން ރާއްޖޭހެ ޓޫރިޒަމް ސިނާއަތަށް ލިބިފައިވާ ގެއްލުމުން އަރައިގަނެ އަލުން ކުރިއަށް ދާނެ ގޮތްތަކާއި މެދު ހިޔާލު ބަދަލުކޮށްލާ މިދާއިރާގައި ހިމެނޭ އެކިއެކި ފަރާތްތަކާއު ގުޅުން ބަދަހިކޮށްލާނެ ހިތްގައިމު މާހައުލެއް ނުވަތަ ފުރުސަތެއް ފަހިކޮށްދިނުމެވެ.

މިއިވެންޓަށް އިތުރު ފުރިހަމަކަމެއް ގެނެސް ދިނުމަށްޓަކައި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ކިޔަވަމުންދާ ދަރިވަރުން ވަނީ "ކޮކްޓެއިލް ރިސެޕްޝަނެއް" ތައްޔާރުކުރުމަށް ނިންމާފަ އެވެ.

މިއިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރު 2021 ވަނަ ދުވަހު މެންހެޓަން ބިޒްނަސް ހޮޓެލްގެ ބެންކުއެޓް ހޯލްގަ އެވެ. މިއިވެންޓް އަމާޒުކުރެވިފައިވާނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްއޫލުވެރިންނަށެވެ. މިއިވެންޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އޮންލައިން ލިންކެއް މެދުވެރިކޮށް ބައިވެރިވޭނެ ގޮތްވަނީ ހަމަޖެހިފަ އެވެ. މިއިވެންޓްގެ މީސްމީޑިއާ ޕޭޖްތަކުން މި ލިންކު ލިބެން ހުންނާނެ އެވެ.

މިއިވެންޓްގެ ސަބަބުން ޓޫރިޒަމް ސިނާއަތުގެ އެކިއެކި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355