twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގު އޭޑީއެސްއެލް ކަނެކްޝަންތައް ހައި ސްޕީޑް ފައިބަރ ހިދުމަތަށް ހިލޭ ބަދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Nov 5, 2021

ދިރާގު އޭޑީއެސްއެލް ކަނެކްޝަންތައް ހައި ސްޕީޑް ފައިބަރ ހިދުމަތަށް ހިލޭ ބަދަލު ކޮށްލުމުގެ ފުރުސަތު ޑިސެމްބަރުގެ ނިޔަލަށް ހުޅުވާލައިފި އެވެ.

ދިރާގުން އެ ކުންފުނީގެ އޭޑީއެސްއެލް ހިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތަށް ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަންގެ މުއްދަތު 31 ޑިސެމްބަރު 2021 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މިއީ އެޑީއެސްއެލް ހިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކާ ހިލޭ ގުޅައިލެވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ހާއްސަ ރައުޓަރ ނުވަތަ އޯއެންޓީ ވެސެ ހިލޭ ލިބިގެންދާނެ އެވެ.

އޭޑީއެސްއެލް ކަސްޓަމަރުން ފައިބަރ އަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައިއެކައުންޓް www.dhiraagu.com.mv/ocs މެދުވެރިކޮށް ފަސޭހަކަމާއެކު ކޮށްލެވޭނެ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ ގިނަ އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އަދި ހަމަ އެހެންމެ ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސްމެ އެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިވެ އެވެ. މީގެ ތެރޭގައި 65 ރަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިމެނެ އެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ހިދުމަތްތައް ތައާރަފުކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355