twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހޯމަ ދުވަހު މިނިމަމް ވޭޖް ކަނޑައަޅަނީ

ޚަދީޖާ އާދަމް
Nov 6, 2021
1

އަންނަ ހޯމަ ދުވަހު މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅައިފައިވަނީ އަދަދުތައް ހާމަކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ހޯމަ ދުވަހު މިނިމަން ވޭޖު ކަނޑައެޅުމާއެކު ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށާއި މިނިމަމް ވޭޖުގައި ރާއްޖޭގެ ވަޒީފާ އަދާ ކުރާ އެންމެން ހެން ހިމެނިގެންދާނެ ކަމަށެވެ.

މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމުން އިގްތިސޯދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެގެން ދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން އިގްތިސޯދުވެސް ވިޔަފާރީވެސް ރަނގަޅުވެގެން ދާނެ ކަމަށާއި ޖެނުއަރީ މަހުން ފެށިގެން މި ބަދަލު އިމްޕްލިމެންޓް ވެގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިނިމަމް ވޭޖު ބޯޑުން މިނިމަމް ވޭޖުގެ ގޮތުގައި ދޭނެ އަދަދުތަކެއް ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވައިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

އެގޮތުން ކުދި ފަންތީގެ ދާއިރާތަކުގައި އަށް ގަޑިއިރު މަސައްކަތްކުރާ މީހުންނަށް މަހަކަށް 6،000އަށްވުރެ މަތީ މުސާރައެއް ލިބޭނެއެވެ.

ސިވިލް ސާވިސް މުވައްޒަފުން ހިމެނެނީ މެދު ފަންތީގެ ދާއިރާގައިކަމުން، ކޮންމެ ދުވަހަކު ހަ ގަޑި އިރު މަސައްކަތްކުުރާނަމަ 7000 ރުފިޔާއަށް ވުރެ ދަށް ނޫން މުސާރައެއް ލިބޭނެއެވެ. އަދި މަތީ ފަންތީގެ ދާއިރާތަކުގައި އަސް ގަޑި އިރު މަސައްކަތްކުރާ މަސައްކަތްތެރިންނަށް 10،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355