twitterviber whatsapp telegramfacebookyoutube instagram
21st September 2024

މެދުކެނޑުމަކަށްފަހު އެވިޑް ކޮލެޖްގެ މިއަހަރުގެ ކޮންވޮކޭޝަން ބާއްވާ ތާރީހް ކަނޑައަޅައިފި

މުޙައްމަދު އަހުމަދު
Nov 7, 2021

އެވިޑް ކޮލެޖްގެ މިއަހަރުގެ ކޮންވޮކޭޝަން ބާއްވާ ތާރީހް ކަނޑައަޅައިފި އެވެ.

ދިވެހި ރާއްޖެގައި ކޮވިޑްގެ ހާލަތުގެ ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު އެކިއެކި މުއައްސަސާތަކުން ހިންގުމަށް ކަނޑައަޅާފައިވާ ގިނަ ކަންތައްތަކެއް ނުކުރެވެ އެވެ. އޭގެތެރެއިން އެއްކަމަކީ އެވިޑް ކޮލެޖުން ކޮންމެ އަހަރު ކުލަގަދަ ގޮތެއްގައި ބާއްވަމުން ގެންދާ އެ ކޮލެޖްގެ ކޮންވޮކޭޝަން ރަސްމިއްޔާތެވެ. ނަމަވެސް މިއަހަރު އެވިޑް ކޮލެޖްގެ ކޮންވޮކޭޝަން ބާއްވާނެކަމަށް އެކޮލެޖުން ބުނެފި އެވެ.

2020 އަދި 2021 ވަނައަހަރު ހިމެނޭގޮތަށް މިއަހަރު އެވިޑް ކޮލެޖުގެ ކޮންވޮކޭޝަން ބާއްވާނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގަ އެވެ. އެވިޑް ކޮލެޖުން މައުލޫމާތު ދެއްވި ގޮތުގައި އެރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ ދެބަޔަކަށް ބަހާލައިގެން އެ ދުވަހުގެ ހެނދުނާއި ރޭގަނޑުގަ އެވެ.

މި ދެއަހަރު ތެރޭގައި އެކިއެކި ދާއިރާތަކުގެ ތަފާތު ކޯސްތަކުން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ގްރެޖުއޭޓްވާނެ އެވެ. އެހެންނަމަވެސް އެދަރިވަރުންގެ ތެރެއިން ކޮންވޮކޭޝަން ރަސްމިއްޔާތުގައި ބައިވެރިވަނީ ކިތަށް ކުދިންކަން އެނގޭނީ ކޮންވޮކޭޝަނުގައި ބައިވެރިވުމަށް އެދި ފޯރމް ހުށަހަޅަންޖެހޭ މުއްދަތު ހަމަވުމުން މިމަހުގެ 10 ވަނަދުވަހުގެ ފަހުންނެވެ.

އެވިޑް ކޮލެޖްގެ މިއަހަރުގެ ކޮންވޮކޭޝަން ރަސްމިއްޔާތާއި ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމަށް 7269094 ނަންބަރަށް ގުޅުއްވުމަށް އެވިޑް ކޮލެޖުން އިލްތިމާސްކުރެ އެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމު އަތްފޯރާ ފަދަ އަގެއްގައި ފޯރުކޮށްދެމުންގެންދާ ރާއްޖޭގެ އެންމެ ބޮޑު އެއް ކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355