twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޖޭމުން ލިބޭ ސިއްހީ ފައިދާ އެނގޭތަ؟

ނަބީލާ އިސްމާޢީލް
Nov 9, 2021

ޖޭމު ގަހަކީ އާންމުގޮތެއްގައި މީހުން ދިރި ނޫޅޭ ފަޅުތަންތަނުގައި އިންސާނެއްގެ މާބޮޑު އަޅާލުމަކާއިނުލާ އަމިއްލައަށް ހެދޭ ބިޔަ ގަހެކެވެ. މި ގަހަކީ ރާއްޖޭގައި މީގެ މޭވާގެ ބޭނުމުގައި މީހުން އާންމުކޮށް ގޭގައި ނުވަތަ ދަނޑުބިންތަކުގައި ހައްދަން މަސައްކަތް ކުރާގަހެއްނޫނެވެ. ނަމަވެސް ސިއްހީ އެތައް ފައިދާތަކެއް ލިބޭ އަނގަޔަށް މީރު މި މޭވާއަކީ ނުކައި ދޫކޮށްލާވަރުގެ މޭވާއެއް ނޫނެވެ.

ބައެއް ހޯދުންތަކުން އެނގިފައިވާ ގޮތުގައި ޖޭމުގައި ނުވަތަ އޭގެ ފަތުގައި ބެކްޓީރިޔާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައިވެއެވެ. އަދި ޖޭމު ފަތުގައި ތަދުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އަދި ހުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައި ވާކަމަށެވެ. ޖޭމުގައި ބެކްޓީރިޔާ ފަދަ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުންނަކަމަށްވެ އެވެ.

ޖޭމުގައި ހަކުރުގެ ބާވަތެއް ކަމުގައިވާ ފުރަކްޓޯސް ހުރުމަކީ އެ ބޭނުންކުރުމުން ހަށިގަނޑުގައި ވަރުޖައްސައިދޭނެ ކަމެކެވެ. ޖޭމަކީ އޭގައި ފައިބަރުގެ ބައި ވަރަށް ގިނަ މޭވާއެއް ކަމަށް ވާތީ، ބަނޑު ހިކުމުގެ މައްސަލަ ހުންނަ ނަމަ ޖޯޑެއްހާ ޖޭމަށް ވުރެ ގިނަ މިންވަރަކަށް ނުވަތަ ޖޭމު ފަނި ގިރައިގެން ބުއިމުން ބަނޑުހިކުމުގެ މައްސަލަ ފަސޭހަ ވާނެއެވެ.

ޖޭމު ފަތުގެ ދިޔަ ބޭނުންކުރުމުން އައިސޯޕްރިޓިރިނޯލްގެ ސަބަބުން ޖެހޭ ހާރޓް އެޓޭކް ކުރިމަތިވުމުން ރައްކާތެރިވެވިދާނެ ކަމަށް، ދިރާސާތަކުންވަނީ އެނގިފައެވެ. މިގޮތުން ހާރޓް އެޓޭކް ޖެހުމުން ރައްކާތެރިވެވޭނީ އައިސޯޕްރިޓިރިނޯލް ބޭނުންކުރުމުގެ ކުރިން ޖޭމުގެ ފަތުގެ ދިޔަ ބޭނުންކޮށްގެން ފަރުވާ ލިބިގަނެފިނަމަ އެވެ. މިގޮތަށް ޖޭމުފަތު ދިޔަ ބޭނުންކުރުމުން ހިތުގެ މަސްގަނޑު މެޔޯކާރޑިއަމް ގެއްލުންވުން ކުޑަވެ، މެޔޯކާރޑިއަމް އިން ކާރޑިއެކް އެންޒައިމްތައް ލީކުވެ ބޭރުވާ ނިސްބަތް ދަށްކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޖޭމަކީ ޓިއުމަރު އުފެދުން ހުއްޓުވައިދޭ މޭވާއެކެވެ. ދިރާސާތަކުން ހާމަވާގޮތުގައި ޖޭމުގައި އެކުލެވޭ ފްލެވޮނޮއިިޑް ކިޔާ މާއްދާއަކުން ލެބްތަކުގައި ކެންސަރު ސެލްތައް އުފެދުން ހުއްޓުވައިދެ އެވެ.

އިންޑޮނޭޝިޔާގައި ޔޫރިކް އެސިޑް މަތިވުމުން ކުރިމަތިވާ ހުޅުގެ ބަލިތަކަށް ފަރުވާ ކުރުމަށް ޖޭމު ބޭނުންކޮށްފައި ވެއެވެ. އެހެންކަމުން ޖޭމަކީ ހަށިގަނޑުން ޔޫރިކް އެސިޑް ދަށްކޮށްދޭ އެއްޗެއްކަމަށްވެ އެވެ.

މި މޭވާއަކީ ހަމުގެ މައްސަލަތަކަށްވެސް ފަހުވާހޯދިދާނެ މޭވާއެކެވެ. އެގޮތުން ހިކިވެ، ކުރަކިވެފައިވާ، ހަންގަނޑު އޮމާންކޮށްދޭ، އެއްޗެ ކަމަށްވެސް ހޯދިފައިވެ އެވެ.

ޖޭމަކީ އެންޓި އޮކްސިޑެންޓާއި ފައިޓޮކެމިކަލް ގިނަ މިންވަރަކަށް ހިމެނޭ ބާވަތެއްގެ މޭވާއެއް ކަމަށް ގިނަ ރިޕޯޓްތަކުގައި ވެއެވެ. އެންޓި އޮކްސިޑެންޓާއި ފައިޓޮކެމިކަލް އަކީ ކެންސަރުން ދިފާއުކޮށްދޭ މާއްދާތަކެވެ.

މީގެ އިތުރުންވެސް އެތައްގިނަ ފައިދާތަކެއް އެކުލެވޭ މިމޭވާގަހަކީ ރަށްރަށުން މިހާރު ނެތުމުގެ ބިރު ހީވެފައިވާ ގަހެކެވެ. ނަމަވެސް މިއީ އާލާކޮށް ގިނަކުރުން ރަނގަޅު ފައިދާބޮޑު މޭވާގަހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355