twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަނގަޅު ވަޒީފާތަކަށް ދިވެހިން ނެރުމުގެ މަސައްކަތް ދަނީ ކުރިއަށް: ފައްޔާޒް

ޚަދީޖާ އާދަމް
Nov 8, 2021

ރަނގަޅު ވާޒީފާތަކަށް ދިވެހިން ނެރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި އެކަމަށް ވޯލްޑް ބޭންކުގެ މީރީ ޕްރޮޖެކްޓްގެ ތެރެއިން ދިރާސާތައް ކުރެވި އަމަލީ މަސައްކަތް ކުރިއަށްދާކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް މިނިމަމް ވޭޖް ކަނޑައެޅުމުގެ ރަސްމިއްރާތުގައި ވާހަކަ ދައްވަމުން މިނިސްޓަރު ވިދާޅުވީ އިންޑަސްޓްރީއަށް ބޭނުންވާ ރަނގަޅު ވަޒީފާތަކަށް ދިވެހިން ވެއްދުމަށްޓަކައި ދިރާސާތައް ކުރެވެމުން ދާކަމަށެވެ.

"އަޅުގަނޑުމެންގެ އިންޑަސްޓްރީއަށް ބޭނުންވާ ރަނގަޅު ވަޒީފާތަކަށް ދިވެހިން ވެއްދުމަށްޓަކައި އެދިރާސާތައް ކުރެވި އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެން ކޮންކޮން ކަމަކަށްކަން ޓްރެއިނިން ދޭންވީ، އެމަސައްކަތް މިހާރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ސްކިލްސް އޮތޯރިޓީގެ ފަރާތުން އެ މަސައްކަތް ކުރިއަށް ދޭ" މިނިސްޓަރު ވިދާޅުވި އެވެ.

މީރީ ޕްރޮޖެކްޓްގެ ދަށުން "ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް" ގެ ނަމުގައި ވަނީ ޒުވާނުންނަށް ވޯކްޝޮޕް ހިންގާފައެވެ. އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ވަޒީފާ ބާޒާރަށް މިވަގުތު އެއްމެ ބޭނުންވާ ވަޒީފާގެ ދާއިރާތައް ދެނެގަނެ އެވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، ރާއްޖޭގައި ޒުވާނުން ވަޒީފާ އަދާ ނުކުރާ މިންވަރު ދަށްކުރުމާއި، ހާއްސަކޮށް މަދުރަސީ ތަޢުލީމު ނިންމާ ޒުވާނުންނަށް ރާއްޖެއަށް މިވަގުތު ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް ތަމްރީނުކުރުން ހިމެނެއެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް ޕްރޮގްރާމް ހިންގާނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއާއި ވޯރލްޑްބޭންކްގެ މީރީ ޕޮޖެކްޓާއި، މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި، މިނިސްޓްރީ އޮފް ޔޫތު، ކޮމިއުނިކޭޝަން، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެންނެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ޑީސެންޓް ވޯކްގެ ޕްރޮގްރާމް ގާއިމްކޮށް ދިވެހި ރާއްޖޭގައި އަދާ ކުރާ ވަޒީފާ ތަކަކީ ޑީސެންޓް ވޯކްގެ ގޮތުގައި ކަނޑައެޅިގެން ދިއުންކަމަށާއި މިކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355