twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީގައި ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި

May 25, 2011

މުހައްމަދު އިސްމާއިލް

ކުޅުދުއްފުށީގައި އުމުރުން 16 އަހަރުގެ އަންހެންކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ މާލޭގައި މިއަދު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އަމިއްލަ ދަރިފުޅާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕައާއި ދޮންމަންމަގެ މައްސަލަ ބަލަމުންދާ ކަމަށާއި އިތުރު މައުލޫމާތު ފަހުން ދެއްވާނެކަމަށެވެ. އެހެންނަމަވެސް މިއަދު އެމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ޔަގީންކޮށްދީފައެއް ނުވެއެވެ.

ކުޅުދުއްފުށީ އޮންލައިން އަށް އެނގިފައިވާ ގޮތުގައި އުމުރުން 16 އަހަރުގެ މިކުއްޖާއަށް އެކުއްޖާގެ ބައްޕަގެ ފަރާތުން ޖިންސީ ގޯނާކުރާތާ މިހާރުއެތައް ދުވަހެއްވަނީ ވެފައެވެ. ކުޅުދުއްފުށީ އެމީހާ އާއި ދ އަތޮޅުގެ ރަށެއްގެ މީހަކާއި އިނދެގެން ލިބިފައިވާ އެކުއްޖާ ދިރިއުޅެމުންދިޔައީ ބައްޕަ އާއި ދޮންމަންމަ ކައިރީ ކުޅުދުއްފުށީގައެވެ.

ދާދިފަހުން  16 އަހަރުގެ މި އަންހެންކުއްޖާ ގެއިން ނުކުތްގޮތަށް ގެއަށް ނައުމުން އެކުއްޖާ ގެއްލިއްޖެކަމަށް އާއިލާގެ ފަރާތުން ފުލުހުނަށް ހުށަހެޅުމުން އެކުއްޖާ ހޯދަމުންދަނިކޮށް ފެނިފައިވަނީ ކުޅުދުއްފުށީގެ އެހެން ގެއެއްގެ ތެރޭގައި ހުއްޓައެވެ. އެދުވަހު އެކުއްޖާގެ ދޮންމަންމަ މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކުއްޖާއާމެދު އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަމަށާއި ގެއިން ނުކުމެގެން ދިޔަ ސަބަބެއްވެސް ނޭގޭ ކަމަށެވެ.

އެހާދިސާއަށް ފަހު އެކުއްޖާ މާލެ ގެންގޮސް އެމައްސަލަ ތަހުގީގު ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެކުއްޖާގެ ބައްޕަ އާއި ދޮންމަންމަ ވެސް މިމައްސަލާގައި ޝާމިލުވާކަމަށް މައުލޫމާތު ލިބެއެވެ.  އެކުއްޖާގެ ބައްޕަ މިއަދު ހައްޔަރުކޮށްފައިވަނީ މިމައްސަލައާ ގުޅިގެން ކަމަށް ނުރަސްމީކޮށް ވަނީ މައުލޫމާތު ލިބިފައެވެ.

މާލޭގައި ހުއްޓާ ހައްޔަރު ކުރި މިމީހަކީ ކުޅުދުއްފުށީގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355