twitterviber whatsapp telegramfacebookyoutube instagram
29th August 2026

2021 ވަނަ އަހަރުގެ އެމްއެންޔޫ ރިސާރޗް ގްރާންޓް ހަވާލުކޮށްފި

މުޙައްމަދު އަހުމަދު
Nov 10, 2021

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސާރޗް ގްރާންޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު 09 ނޮވެމްބަރު 2021 ވީ އަންގާރަ ދުވަހު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ބާއްވައިފި އެވެ.

ޔުނިވަރސިޓީގައި ރިސާރޗް މާހައުލެއް ޤާއިމް ކުރުމަށާއި، އެކެޑެމިކް މުވައްޒަފުންނަކީ ރިސާރޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޔުނިވަރސިޓީގެ ބަޖެޓްގައި ހިމަނައިގެން 2014 ވަނަ އަހަރުން ފެށިގެން ރިސާރޗް ގްރާންޓް ދިނުމަށް ޔުނިވަރސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މިގޮތުން، 6 ފަރާތަކުން ރިސާރޗް ގްރާންޓްސްއަށް އެދިވަޑައިގެން ޕްރޮޕޯޒަލް ހުށަހަޅުއްވާފައިވެ އެވެ. މިޕްރޮޕޯޒަލްތައް ޔުނިވަރސިޓީ ރިސާރޗް ގްރާންޓްސް ކޮމިޓީން ރިވިއު ކުރެއްވުމަށް ފަހު 4 ޕްރޮޕޯސަލް އަކަށް ޖުމްލަ 804250 (އަށްލައްކަ ހަތަރުހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ރިސާރޗް ގްރާންޓްސްގެ ގޮތުގައި ދޭން ނިންމުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355