twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރާނބާ ފަތުން ސިއްހީ އެތަކެއް މައްސަލަތަކެއްގެ ހައްލު

ނަބީލާ އިސްމާޢީލް
Nov 16, 2021

ރާނބާ ފަތަކީ ކާ އެއްޗެހީގައި މީރު ރަހަ ލެއްވުމަށް އާއްމުކޮށް ބޭނުންކުރާ ފަތެކެވެ. މާބޮޑު މަސައްކަތަކާއި ނުލައި ވެސް، ގޯތި ތެރޭގައި ހައްދާލެވޭ އެ ގަސް ގިނަ މީހުންގެ ތެރޭގައި މަގުބޫލުވެފައި ވަނީ އޭގެ މީރު ރަހަ އާއި ވަހުންނެވެ.

މީގެ އިތުރުން މީރު ވަހާއި ރަހައިގެ އިތުރުން ވެސް ރާނބާ ފަތަކީ ސިއްހީ އެތަކެއް ފައިދާ ތަކެއް ލިބައިދޭ ފަތެކެވެ.

އެގޮތުން ރާނބާފަތުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި:

ހަކުރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ

ރާނބާފަތުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން އެ ބޭނުންކުރުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީވެދެއެވެ. އެހެންކަމުން ރާނބާ ފަތަކީ ހަކުރު ބަލި ތަހަންމަލުކުރާ މީހުނަށް ބޭނުންތެރި ފައިދާހުރި ފަތެކެވެ.

އާތްރައިޓްސް ނުވަތަ ރާއްޖެ ބަލީގެ ވޭނަށް ލުއި ލިބޭ

ރާނބާ ފަތުން ރާއްޖެ ބަލީގެ ވޭންތަކަށް ލުއި ލިބިދެއެވެ. ރާނބާ ފަތުގައި އެކުލެވޭ ކެމިކަލް ތަކުގެ ތެރޭގައި އަލްކަލޮއިޑް، ސެޕޯނިން، ޓެނިން، ޕޮލީފީނޯލް އަދި ފްލޭވޮނޮއިޑް ފަދަ މާއްދާތައް ހިމެނެއެވެ. މިމާއްދާ ތަކަކީ ރާއްޖެ ބައްޔާއި ގުޅިގެން ދިމާވާ ހުޅުތަކާއި ގައިގައި ރިހުންތަކާއި ތަދުތައް ކެނޑުވުމަށް އެހީތެރިވެދޭ ކެމިކަލް ކަމްޕައުންޑް ތަކެކެވެ.

ބަނޑު ހިކުމުގެ މައްސަލަތަކަށް ހައްލެއް

ބަނޑު ހިކުމުގެ މައްސަލަ އަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ކުރިމަތިވާ ވޭންހުރި މައްސަލަ އެކެވެ. ރާނބާ ފަތުގެ ޖޫހަކީ މި މައްސަލައަށް ވަރަށް އެކަށޭނަ ހައްލެއް ލިބޭ ފަރުވާއެއްކަމަށް ހޯދުންތަކުން ދައްކަ އެވެ. ރާނބާފަތަކީ ބަނޑުފަސޭހަކޮށްދޭ އެއްޗެކެވެ.

ވަރުބަލި ވުން ނުވަތަ ގައިގަ ހަކަތަ ޖެއްސުމަށް

ބައްޔެއްގެ ސަބަބުންވެސް ވަރުބަލިވުން ނުވަތަ ވިހެއުމަށް ފަހު ދިމާވާ ވަރުބަލިކަމާއި ލޮޑުކަން ފިލުވައިލުމަށް ރާނބާފަތުގެ ޖޫހަކީ ވަރަށް ރަނގަޅު ބުއިމެކެވެ.

ތަދު ކެނޑުވުން

ރާނބާ ފަތަކީ ތަދު ކެނޑުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން ކަންފަތުގައި ރިހުން، ބޮލުގައި ރިހުން، ބަނޑުގައި ރިހުން، ހުޅުތަކުގައި ރިހުން، ހިރުގަނޑުގައި ރިހުމުގެ އިތުރުން ކުޅިވަރުތަކުގައި މަސްގަނޑު ވީދުންފަދަ މައްސަލަތަކަށް ރާނބާފަތް ބޭނުންކުރުން އެހީއަކަށް ވެއެވެ.

ބޮލުން ހަންފޮޅުމާއި އިސްތަށި ފޭބުން

ބޮލުން ހަން ފޮޅޭ މައްސަލަ ދިމާވާ ފަރާތްތަކަށް ވެސް ރާނބާ ފަތުގެ ޖޫސް ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ރާނބާ ޖޫސް ބޭނުންކޮށްގެން އިސްތަށިގަނޑު ދޮންނާށެވެ. ހޮންފޮޅުމާއެކު އިސްތަށި ފޭބުމަށްވެސް ހައްލު ލިބޭނެއެވެ.

ގިނަ މީހުން ރާނބާފަތް ކާތަކެތި ތައްޔާރު ކުރުމަށް ބޭނުން ކުރި ނަމަވެސް އެހެނިހެން އެތައް ސިއްހީފައިދާ ލިއްބައިދޭ އެއްޗެއް ކަމުން މިއީ ބޭނުންކުރުން ދޫކޮށްލުން ރަނގަޅު ފަތެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355