twitterviber whatsapp telegramfacebookyoutube instagram
15th May 2026

ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

މުޙައްމަދު އަހުމަދު
Nov 10, 2021

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމީ އިސްތިއުނާފްގެ ހައްގު އެންމެ ފުރިހަމައަށް ލިބިދިނުމަށް ކަމަށެވެ.

ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ގެންނަންޖެހޭ އެހެން ބަދަލުތައް އެ އިސްލާހުގައި ހިމެނޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އައްޑޫ އާއި ހދ. ކުޅުދުއްފުށީގައި ގޮފިތައް ގާއިމްކޮށް ބައެއް ގޮފިތަކަށް ފަނޑިޔާރުން ވެސް ކަނޑައެޅި އެވެ. އެހެންވެގެން މާލޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުވުމުގެ މައްސަލަ ކުރިމަތިވުމުން ފަނޑިޔާރުންގެ އަދަދު ފަހުން 11 އިތުރުކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355