twitterviber whatsapp telegramfacebookyoutube instagram
15th June 2025

މުދަލާއި ހިދުމަތުގެ އަގު އަންނަ އަހަރު ހެޔޮވާނެ

ޚަދީޖާ އާދަމް
Nov 10, 2021

މުދަލާ ހިދުމަތުގެ އަގުތައް އަންނަ އަހަރު ތެރޭގައި ދަށް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓާ ގުޅޭ ގޮތުން މެންބަރުންގެ ބަހުސްގައި ފާހަގަކުރެއްވި ބައެއް ކަންކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުން އަރައިގަނެ ދުނިޔޭގެ އިގްތިސޯދު މިހާރު ބާރު ސްޕީޑުގައި ކުރިއަށް އަރަން ފަށައިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިންފްލޭޝަން ރޭޓު ކުއްލިއަކަށް ވަރަށް މަތިވެފައިވާ ކަމަށެވެ.

ރާއްޖެއަކީ އިމްޕޯޓު މުދަލަށް ބަރޯސާވެފައިވާ ގައުމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖޭގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށެވެ. އެހެންނަމަވެސް މިއީ ވަގުތީ ޕްރެޝަރެއް ކަމަށް ތަޖުރިބާކާރުން ދެކޭ ކަމަށާއި މި އުފުލުން އަންނަ އަހަރަށް ތިރިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ މުދަލުގެ އަގު މަތިވާނަމަ ގޭބިސީތަކުން މުދަލާއި ހިދުމަތްތަކަށް ކުރާ ހޭދަ އިތުރުވާނެ ކަމަށާއި އެކަން ހައްލުކޮށް، ހިދުމަތްތަކުގެ އަގު ކުޑަކުރުމަށް ދައުލަތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގޭބިސީތަކުން މުދަލާއި ހިދުމަތްތަކަށް ކުރާ ހަރަދު އަންނަ އަހަރު ހިފެހެއްޓޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355