twitterviber whatsapp telegramfacebookyoutube instagram
20th April 2024

މާލްޓާއިން ފަތުރުވެރިންނަށް ފައިދާތަކެއް، މީ ޓްރެވަލްކޮށްލަން ސަޅި ގައުމެއް!

މުޙައްމަދު އަހުމަދު
Dec 6, 2021

މެޑިޓޭރިނިއަން އައިލެންޑް ނޭޝަންއެއް ކަމަށްވާ މާލްޓާ އަކީ ކުޑަ ނަމަވެސް ކޮވިޑަށް ވަރުގަދަ ރައްދެއް ދިން ގައުމެކެވެ. ޔޫރަޕުގައި ވެސް ފާހަގަކޮށްލެވޭ ހަރުކަށި އުސޫލުތަކަކާއެކު ކޮވިޑާ ހަނގުރާމަކުރި ގައުމެކެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އެގައުމުގެ ބޯޑަރުތައް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަހު އެގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުޅުވާލާފަ އެވެ. އަދި އެގައުމަކީ ދުނިޔޭގެ ވެކްސިން އެންމެ ބޮޑަށް ފުރިހަމަކޮށްފައިވާ ގައުމުތަކުން އެއް ގައުމެވެ.

81 ޕަސެންޓް މާލްޓާ ރައްޔިތުންނަކީ އެއްކޮށް ވެކްސިން ފުރިހަމަކޮށްފައިވާ ބައެެކެވެ. އަދި އެގޮތުން މާލްޓާ އާއި ޕޯޗުގަލް އަކީ ޔޫރަޕުގައި ވެސް ވެކްސިން ފުރިހަމަކުރި ޕަސެންޓޭޖް 80 އަށްވުރެ މަތި ހަމައެކަނި ގައުމުތަކެވެ. އެއީ 12 އަހަރާއި 17 އަހަރުގެ ކުދިންވެސް ހިމަނައިގެން ކަމަށް ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ބުނެފައިވެ އެވެ.

ވެކްސިން ފުރިހަމަނުކޮށް މާލްޓާ އަށް ދަތުރުކުރަންޏާ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭއިރު އީސީޑީސީގެ ޑައިރެކްޓަރު ބުނީ 2021 ވަނަ އަހަރު ދަތުރުކުރަން އެންމެ ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި މާލްޓާ ހިމެނޭ ކަމަށެވެ.

މިތަނަށް ދާންވީ ކީއްވެ؟

މާލްޓާ އޮތީ އިންޓަނޭޝަނަލް ޓޫރިސްޓުންނަށް މަރުހަބާކިޔަން ތައްޔާރަށެވެ. ވަކިން ހާއްސަކޮށް އެމީހެއްގެ ކުންފުނީގެ އަލަށް ތައާރަފްކުރި ރިމޯޓް ވޯކް ޕޮލިސީގެ ފައިދާނަގަން ތިބި މީހުންނަށް މިގައުމަށް ޒިޔާރަތްކުރުން ވާނީ ވަރަށް ރަނގަޅު ފުރުސަތަކަށެވެ.

މިއަހަރުގެ ޖޫން މަހު މާލްޓާއިން ވަނީ އެމީހުންގެ ނޯމޭޑް ރެސިޑެންސް ޕާމިޓް އިފްތިތާހްކޮށްފަ އެވެ. އޭގެ ސަބަބުން އެގައުމަށް ޒިޔާރަތްކުރާ މީހުންނަށް އެމީހުންގެ މިވަގުތު އަދާކުރާ ވަޒީފާ އެހެން ގައުމެއްގައި ބޭއްވުމަށްފަހު މާލްޓާގައި އަހަރެއްހާ ދުވަހު އުޅެވޭނެ އެވެ. އަދި ރިނިއުކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

މިކަމަށް ކުރިމަތިލާ މީހުން އެމީހުންނަށް ރިމޯޓްކޮށް އެމްޕްލޯޔަރ އަކަށް ނުވަތަ ފްރީލާންސްކޮށް މަސައްކަތްކޮށް ނޫނީ ހިދުމަތެއް ދީގެން ގާތްގަނޑަކަށް 2700 ޔޫރޯގެ އަދަދެއް މަހެއްގެ މައްޗަށް ހޯދޭނެ އެވެ.

މީގެއިތުރުން ވެސް ތަފާތު ގިނަ ފައިދާހުރި ސްކީމްތަކެއް މާލްޓާއިން ލިބޭނެ އެވެ. އެގޮތުން ފްރީ އިންޑިޕެންޑެންޓް ޓްރެވެލާ (އެފްއައިޓީ) ސްކީމުން ގިނަ ފަތުރުވެރިންތަކަކަށް ފައިދާ ލިބޭނެ އެވެ. މި ސްކީމްގައި ބައިވެރިވާ ހޮޓާތަކަށް އެހޮޓަލެއްގައި 3 ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު ތިބޭ ގެސްޓުންނަށް 200 ޔޫރޯ ދޭންޖެހޭނެ އެވެ. މިއީ ސަރުކާރުގެ ފަރާތުންދޭ 100 ޔޫރޯއާއި ހޮޓަލުގެ ފަރާތުންދޭ މެޗިންގ ސަބްސިޑީ އެކެވެ. މީގެ ތެރޭގައި ރޫމް ޑިސްކައުންޓް ނުވަތަ އޮންސައިޓް ޕާކްސް ފަދަ ފައިދާތައް ހިމެނެ އެވެ.

ޓްރެވަލް ވިތް ނޯ ޓްރޭސް:

މާލްޓާއިން އަންނަނީ އެންވާރަމެންޓަލް ސަސްޓޭނަބިލިޓީގައި ފާއިތުވެދިޔަ އަހަރުތަކުގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން އެގައުމު އޮތީ އާތް.އޯރގްސް ގްލޯބަލް ސަސްޓޭނަބިލިޓީ އިންޑެކްސްގެ 10 ވަނައިގަ އެވެ.

2021 ވަނަ އަހަރު އެގައުމުން ވަނީ އެގައުމުގެ އެކްޝަން ޕްލޭން އިފްތިތާހްކޮށްފަ އެވެ. މި އެކްޝަން ޕްލޭންގެ ދަށުން އެއްޗެހި އުފައްދާ މީހުން އެއެއްޗެހި ދާތަނަކަށް ޒިންމާވާން ޖެހޭނެއެވެ. އަދި މީގެ ދަށުން ރިޔޫސް ކުރުމާއި ރިސައިކަލް ކުރުމަށް މިއެކްޝަން ޕްލޭން ވަރަށް ބޮޑަށް ބާރު އަޅަ އެވެ.

މިކަމަށް އިތުރަށް ބާރުއެޅުމަށް މާލްޓާގެ ޓޫރިޒަމް މިނިސްޓްރީން ވަނީ ގްރީން މޯބިލިޓީ ޕްރޮގްރާމެއް 2019 ވަނަ އަހަރު ހޮޓެލްތަކަށް އަމާޒުކޮށްގެން ތައާރަފްކޮށްފަ އެވެ. މީގެ ދަށުން ދަތުރުކުރުމަށް ސަސްޓޭނަބަލް ގޮތްތައް މިސާލަކަށް: ބައިސްކަލް ދުއްވުމާއި އިލެކްޓްރިކަލް ވެހިކަލް ދުއްވުން ފަދަ ގޮތްތައް ބޭނުންކޮށްގެން އެހޮޓަލެއްގެ ގެސްޓުންނާއި މުވައްޒަފުން ތަންތަނަށް ދަތުރުކުރާނަމަ އެހޮޓެލްތަކަށް އެވޯޑް ދޭނެ އެވެ.

ސަސްޓޭނަބަލް އަދި އާންމު ދަނޑުވެރިން ހައްދާ އަދި މަސްވެރިން ބާނާ އެއްޗެހި ބޭނުން ކުރުމަކީ މިގައުމުގައި ވަރަށް ހާއްސަ ކަމެކެވެ. މާލްޓާގެ އަނެއް ހާއްސަ ތަންކޮޅަކީ މިގައުމުގައި ވީގަން މީހަކަށް ކާނެ ކެފޭއާއި ރެސްޓޯރަންޓް ހުހެއް ނުވާނެ އެވެ. އަދި ފެހިކަން ގަދަ ކެއުންތައް މިގައުމުގެ ރެސްޓޯރަންޓްތަކުން ވަރަށް ފަސޭހައިން ލިބޭނެ އެވެ.

މިގައުމަށް ދިއުމުގެ ކުރިން އެނގުން މުހިންމު ބައެއް ކަންކަން:

ވިޔަފާރިތައް ކުރިއެކޭ އެއްގޮތަށް އާންމު ހާލަތަށް އައި ނަމަވެސް ބައެއް ޕެންޑެމިކްގަވައިދުތައ ްއަދިވެސް މިތަނުގައި ހިނގަ އެވެ. އެގޮތުން ގްރޫޕްތަކުގައި ތަންތަނަށް އެއްވުން މަނަލެވެ. އަދި ރެސްޓޯރަންޓްތަކުގައި ސީޓިން އަދި އެހެން އެރޭންޖްމަންޓްތަކުގައި ވެސް ވަނީ ގައިދުރުކަން އިސްކުރެވިފަ އެވެ.

މާސްކު އެޅުން އިންޑޯސްގައި މަޖުބޫރުކަމުގައިވީ ނަމަވެސް ބޭރުތެރޭގައި ވެކްސިން ފުރިހަމަކުރި ފަރާތްތަކަށް މާސްކު ނާޅާ އުޅެވިދާނެ އެވެ.

މުޅި ގައުމުގައި އަޅާފައިވާ އެހެން ފިޔަވަޅުތައް ވަނީ އޮކްޓޫބަރުގައި ލުއިކޮށްފަ އެވެ. އެހެންނަމަވެސް ދަތުރުކުރާ ފަރާތްތަކުން މާލްޓާއަށް ދަތުރުކުރުމުގެ ކުރިން އެގައުމުގެ މިނިސްޓްރީ އޮފް ހެލްތް ޓްރެވަކް ޕޭޖަށް ބަލާލުން މުހިންމެވެ. އެއީ ކުއްލިއަކަށް ވެސް ގަވައިދުތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުންނެވެ. މާލްޓާގެ ރެޑް ޒޯނުގައި ހިމެނޭ ގައުމުތަކުގެ ފަތުރުވެރިންނަށް އެގައުމަށް އެތެރެވެވޭނީ ވެކްސިން ފުރިހަމަކުރި ކަމުގެ އޮފިޝަލް ހެއްކާއެކުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355